ބީއެމްއެލުން "ކިލް ސްވިޗް" ތައާރަފް ކޮށްފި

ބީއެމްއެލް އިން މިހާރުވެސް އިންޓަނެޓް ބޭންކިން އަދި މޯބައިލް އެޕް ގައި ކާޑު ފްރީޒް / އަންފްރީޒް ފީޗާ ވަނީ ގާއިމް ކޮށްފަ އެވެ. އެ ފީޗާ މެދުވެރިކޮށް ކަސްޓަމަރުންނަށް ވަގުތީ ގޮތުން ކާޑު އިނެކްޓިވޭޓް ކުރެވެ އެވެ.
ބޭންކުގެ ކަސްޓަމަރުން ސްކޭމުން ރައްކާތެރިކުރާށާއި ސެކިއުރިޓީ އިތުރަށް ހަރުދަނާކުރަން ބޭންކް އޮފް މޯލްޑިވްސް އިން ކުއްލި ހާލަތްތަކުގައި އިންޓަނެޓް ބޭންކިން އަދި ކާޑުތަކުގެ ހިދުމަތް ކަސްޓަމަރު އަމިއްލައަށް ވަގުތުން މެދުކަނޑާލެވޭ "ކިލް ސްވިޗް" ތައާރަފްކޮށްފި އެވެ.
މި ފީޗާއަކީ އިންޓަނެޓް ބޭންކިންގެ ލޮގިން ޕޭޖުގައި ކަސްޓަމަރަށް އަމިއްލައަށް ބޭނުންކުރެވޭ ގޮތަށް ހިމަނާފައިވާ ފަންކްޝަނެކެވެ. ކަސްޓަމަރުން ބޭންކަށް ގުޅައިގެން އެކްޓިވް ކުރުމުގެ ބަދަލުގައި ވަގުތުން އެކްޓިވް ކުރެވޭނެ އެވެ.
"ކިލް ސްވިޗް" ކުރުމަށްފަހު، ކަސްޓަމަރުންނަށް އިންޓަނެޓް ބޭންކިން އަދި ކާޑުތައް އަލުން ރީއެކްޓިވޭޓް ކުރެވޭނީ ކަސްޓަމަރުން ކޮންޓެކްޓް ސެންޓަރަށް ގުޅައިގެނެވެ. ނޫނީ އެންމެ ކައިރީ ހުންނަ ބޭންކްގެ ބްރާންޗަކަށް ގޮސްގެނެވެ. ބޭންކުން އެކްޓިވޭޓްކޮށް ދޭނީ ވެރިފިކޭޝަން ޕްރޮސެސްއަކަށް ފަހު އެވެ.
ކިލް ސްވިޗް އެނޭބަލް ވުމުން، ސްކްރީން އަށް އަދި އެސްއެމްއެސް މެދުވެރިކޮށް ކޮންފަމޭޝަން ލިބޭނެ އެވެ.  ބީއެމްއެލް އިން މިހާރުވެސް އިންޓަނެޓް ބޭންކިން އަދި މޯބައިލް އެޕް ގައި ކާޑު ފްރީޒް / އަންފްރީޒް ފީޗާ ވަނީ ގާއިމް ކޮށްފަ އެވެ. އެ ފީޗާ މެދުވެރިކޮށް ކަސްޓަމަރުންނަށް ވަގުތީ ގޮތުން ކާޑު އިނެކްޓިވޭޓް ކުރެވެ އެވެ. 
މިދިއަ ދުވަސްތަކުގައި ބީއެމްއެލުން ވަނީ ކަސްޓަމަރުން ސްކޭމްއިން ރައްކާތެރިކުރަން ގިނަފިޔަވަޅުތަކެއް އަޅާފައެވެ. މިދިއަ މެއި މަހު ބޭންކުން ވަނީ އިންޓަނެޓް އަދި މޯބައިލް ބޭންކިން ލޮގިންއަށް ޓޫފެކްޓާ އޮތަންޓިކޭޝަން ތައާރަފުކޮށްފަ އެވެ. އެ އަޕްޑޭޓް އާއެކު، ލޮގިންވާ ފަރާތަކީ ރަޖިސްޓްރީވެފައިވާ ކަސްޓަމަރުކަން ޔަގީން ކުރަން އިތުރު ސެކިއުރިޓީ ލެޔާއެއް ލާފައި ވެއެވެ.އަދި އޭގެ ކުރީން މާރިޗު މަހުގެ ތެރޭގައި އިންޓަނެޓާއި މޯބައިލް ބޭންކިން އަށް ލޮގިން ކުރަން މަސައްކަތް ކުރާ ކޮންމެ ފަހަރަކު އެލާޓް އަންނަ ގޮތް ހަމަޖައްސައި، ހުރިހާ ސްކޭން-ޓް-ޕޭ ޕޭމަންޓްތަކަށް ވަން ޓައިމް ޕާސްވޯޑް (އޯޓީޕީ) އިތުރުކުރި އެވެ.މިދިޔަ އަހަރު، ބޭންކުންވަނީ އޮތަންޓިކޭޓާ އެޕްތައް މެދުވެރިކޮށް އޯޓީޕީ ލިބޭނެ ގޮތް ހަމަޖައްސައި، ޑިފޯލްޓް އޯޓީޕީ ޗެނެލް އެއްގޮތުގައި އީމެއިލް ހުއްޓާލާ އިންޓަނެޓް އަދި މޯބައިލް ބޭންކިން މުއާމަލާތްތަކަށް ޕުޝް ނޯޓިފިކޭޝަން ފޮނުވަން ފަށާފަ އެވެ.
ބީއެމްއެލު އިން މިހާރު 325،000 ކަސްޓަމަރުންނަށް ހިދުމަތް ފޯރުކޮށްދެއެވެ. މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 87 ސެލްފްސާވިސް ބޭންކިން ސެންޓަރު، 143 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ ހިދުމަތް ދެއެވެ. އަދި ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު އަމާޒަކީ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ދިނުމެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ