އައްސޭރި ޖަލުގައި ހުންނަ ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒުތަކުގައި ޙުކުމް ތަންފީޒުކުރަމުން އަންނަ ކުދިންނާއި ބަންދު ކޮށްފައިވާ ކުދިންނަށް 'އުނގެނެމާ' ނަމުގަ ޕްރޮގްރާމެއް ފަށައިފި އެވެ.
މި މަހުގެ 25 ގައި ފެށި މި ޕްރޮގްރާމް އަންނަ މަހުގެ އާ ހަމައަށް ކުރިއަށް ދާނެ ކަމަށް ކަރެކްޝަނަލް ސާވިސް އން ބުންޏެވެ.
'އުނގެނެމާ' ޕްރޮގްރާމްގައި ބައިވެރިވެފައި ވަނީ ހަތަރު ކުޑަކުދިންނެވެ. މި ޕްރޮގްރާމްގެ ދަށުން ބައިވެރިންނަށް ޤާނޫނާއި ޤަވާއިދާއި ނަފުސާނީ ދުޅަހެޔޮކަމާއި ޕަރސަނަލް ޑިވޮލޮޕްމަންޓް ކްލާސްތަކާއި ނަމާދާ ބެހޭ ވޯކްޝޮޕް އަދި ހަތަރި ދީނީ ދަރުސް ކުރިއަށް ގެންދާނެ އެވެ.
މި ޕްރޮގުރާމުގެ މައިގަނޑު މަގުސަދަކީ ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ހިތްތަކުގައި އިސްލާމް ދީނަށް ލޯބި އުފެއްދުމާއި، އިސްލާމްދީނުގެ އަސާސީ މަޢުލޫމާތު ފޯރުކޮށްދީ، މި ދީނުގެ އުސޫލުތަކާ އެއްގޮތަށް ޢަމަލުކުރާ ބަޔަކަށް ހެދުމެވެ.
އަދި ނަފުސާނީ ގޮތުން ހޭލުންތެރިކަން އިތުރުކޮށް، އަމިއްލަ ނަފްސު ދެނެގަނެ ބަލައިގަންނާނެ ގޮތް ބުނެދިނުމާ އެކު، ތަފާތު ތިޔަރީތަކުގެ އަލީގައި އަމިއްލަ ނަފުސަށް ކުރާ އިތުބާރު އިތުރުކޮށް، ޙުކުމް ތަންފީޒު ކުރަމުންދާ ނުވަތަ ބަންދު ކޮށްފައިވާ ކުދިންނަކީ މުޖުތަމަޢުން އެކަހެރިކޮށްފައިވާ ބައެއް ނޫންކަން އެކުދިންނަށް އިޙްސާސްކޮށް ދިނުމަކީ ވެސް މި ޕްރޮގްރާމުގެ ބޭނުމެކެވެ.
ކަރެކްޝަންސް އިން ބުނީ ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތަކަށް ކެތްތެރިކަމާއެކު ކުރިމަތިލުމުގެ ޤާބިލުކަން އުފެއްދުމާއި އެނގެން ޖެހޭ ޤާނޫނާއި ޤަވާއިދުތައް ބުނެދީ، ކުދީންގެ އަޚްލާޤާއި ސުލޫކަށް އެދެވޭ ބަދަލުތަކެއް ގެނެސް، ޤާނުނާއި ޤަވާއިދުތަކަށް ބޯލަނބާ ބަޔަކަށް ހެދުމަށް ބާރުއެޅުމަކީ ވެސް މި ޕްރޮގްރާމުގެ ބޭނުމެއް ކަމަށެވެ.
ޙުކުމް ތަންފީޒުކުރާ ކުދިންނަށް 'އުނގެނެމާ' ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ