އާޒިމަށް ވާނެ - އާޒިމް ކުރާނެ!

މާލެ ސިޓީއަކީ ރައްކާތެރި އަމާން ހިތްފަސޭހަ ސިޓީއަކަށް ހެދުމައް މޭޔަރު އާޒިމް ކުރައްވާ މަސައްކަތުގައި ހުއްޓުމެއް ނެތެވެ. ވަރުބަލިކަމެއް ނެތެވެ. ރެޔެއް ދުވާލެއް ނެތެވެ.
ގަލޮޅު ސަހަރާއަށް ގެނައި ބަދަލުން ވެސް ފެނiިގެންދަނީ މާލެ ސިޓީ މޭޔަރ އޮނަރަބަލް އާދަމް އާޒިމުގެ ރޭވުންތެރިކަމެވެ. ދުރުވިސްނުމެވެ. ކެރުމާއި ހިތްވަރެވެ. ގަލޮޅު ސަހަރާގައި އެ އޮތީ ސައިކަލް ޕާކުކުރާނެ ފުރިހަމަ ޕާކިން ޒޯނެކެވެ. ރަނގަޅު ތަރުތީބެއްގައި ރައްކާތެރިކަން ލިބޭނެހެން އިންތިޒާމް ކުރެވިފައިވާ ޕާކިންގ ޒޯނެކެވެ. ރައްޔިތުންގެ ހިތަށް ފިނިކަން ގެނެސްދޭ ގޮތަށް ފަރުމާކުރެވި ތަރައްގީ ކުރެވިފައިވާ ފެހި ސަރަޙައްދެކެވެ.
މަގުމަތި އަމާން ކުރުމަށް ކުރެވޭ މަސައްކަތާއި އެކުއެކީ މާލެސިޓީ ފެހިކުރުމަށް ވެސް ހާއްސަ އިސްކަމެއް ދެއްވައެވެ. މާލޭ ފަޅަކީ ލަފާފުރުމަށް ފަސޭހަ ސާފު ތާހިރު ތަނަކަށް ހެދުމަށް ކުރެވޭ މަސައްކަތަކީ ވަކީން ކުޑަކަމެއް ނޫނެވެ.
މާލެ ސިޓީގައި އޮތް އެންމެ ބޮޑު މައްސަލަކަމުގައިވާ ބޯހިޔާހިކަމަށް ހައްލު ހޯދާދިނުމަށް ކުރެވެން އޮތް ހުރިހާކަމެއް ދަނީ ކުރަމުންނެވެ. ބޯހިޔާވަހި ކަމުގެ ހައްގުގައި ގުޅިގެން މަސައްކަތް ކުރުމާއި ވަކާލާތު ކުރުމާއި އަޑުއުފުލުމުގައި އެންމެ ފިޔަވަޅެއްވެސް ފަހަތަކަށް ނުޖެހެއެވެ. 
މިސްކިތްތަކުގެ އައުބާތުރަ ފިލުވާ ސަހަރާތައް ބެލެހެއްޓުމުގައި ފަރުވާތެރިއެވެ. މާލެ ސިޓީގައި ޕާކްތަކާއި މައިޒާންތައް އެންމެ ޒަމާނީ ފެންވަރަށް ބިނާކުރަމުން މަރާމާތުކޮށް ބެލެހެއްޓުމުގައި މިސާލެއް ނެތެވެ. 
މާލޭގެ މަގުތަކާއި ގޯޅިތަކުގެ އަޑިގުޑަންތައް ފިލުވަމުން ދުވާރުތަކުގެ އާބާތުރަ ދަނީ ފިލުވަމުންނެވެ. ކާނުތައް ސާފުކޮށް ގޯޅިގަނޑުތަކުގައި ދަނީ ގައު އަތުރަމުންނެވެ.
ހަލަބޮލި މާލެ ސިޓީއަކީ ހިތްފަސޭހަ އަމާން ރައްކާތިރި ކަމުގެ ނަމޫނާއަކަށް ހެދުމަށް ކުރެވެން ހުރި ކަންކަން ކުރެއްވުމުގައި ފިކުރުގެ ތަފާތަކަށް ނުބައްލަވައެވެ. މަޝްވަރާ ކުރުމާއި ލަފާހޯދުމާއި ގުޅިގެން މަސައްކަތް ކުރެއްވުމުގައި އާޒިމް ގެންދަވަނީ މިސާލު ދައްކަވަމުންނެވެ. މިއިން ޔަޤީން ވެގެން މި ދަނީ، ޢާޒިމަށް ވާނެކަން. ޢާޒިމް ކުރާނެކަން.
ހަމަތެދެކެވެ. ކުރީގެ މޭޔަރުންނަށް ނުވިޔަސް އާދަމް އާޒިމަށް ވާނެއެވެ. އާދަމް އާޒިމް ކުރާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ