ޓެކާސް ރިސޯޓު ކަޕުގެ ޅަވިޔަނި ޒޯނުގެ ތަށި މެރީޑިއަންއަށް

ޓެކާސް ދިރާގު ރިސޯޓު ކަޕުގެ ޅަވިޔަނި ޒޯނުގެ ޗެމްޕިއަންކަން މުބާރާތް ބޭއްވި މެރީޑިއަން ހޯދައިފިއެވެ. މުބާރާތުގެ ޗެމްޕިއަންކަން މެރީޑިއަން ހޯދީ އިއްޔެ ކުޅުނު މުބާރާތުގެ ފައިނަލުގައި ކޮކޫން މޯލްޑިވްސްއާ ވާދަކޮށް ވާދަވެރި ކުޅުމަކަށްފަހު 3-2 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ ކޮކޫން މޯލްޑިވްސްއެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ލެ މެރީޑިއަން ވަނީ ފަހަތުން އަރާ ދެ ލަނޑުޖަހާ ލީޑު ނަގާފައެވެ. ދެވަނަ ހާފުގައި ކޮކޫން މޯލްޑިވްސްއިން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗު އިތުރަށް ފޯރިގަދަވީ ފަހުވަގުތު މެރީޑިއަން އިން ތިންވަނަ ލަނޑު ޖެހުމާއެކު އެވެ. އަދި މެދު ކޮކޫން ކޮޅަށް އެނބުރޭތޯ މަސައްކަތްކުރި ނަމަވެސް އެކަން ކާމިޔާބުވާގޮތެއް ނުވިއެވެ. ޅަވިޔަނި ޒޯނުގެ ފައިނަލް މެޗުގެ ތެރެއިން-- ފޮޓޯ: ޓެކާސް ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މެރީޑިއަންގެ މުޙައްމަދު ނިޝާމެވެ. ފެއާ ޕްލޭ ޓީމަކަށް އެޓްމޮސްފިއާ ކަނިފުށި ހޮވުނުއިރު، އެންމެ މޮޅު ކޯޗަކަށް ހޮވުނީ މެރީޑިއަންގެ ކޯޗު އަބްދުއްރަހީމް އަބޫބަކުރެވެ. އަދި އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވުނީ އަލީ ނިޝާތު ވަހީދެވެ. މުބާރާތުގެ ޅަވިޔަނި ޒޯނުގެ އެންމެ މޮޅު 5 ކުޅުންތެރިން 1- އަލީ ނިޝާތު ވަހީދު - 25 - ލެ މެރީޑިއަމް 2- ހަސަން ޒަރީރު - 26- ކޮކޫން މޯލްޑިވްސް 3- މުހައްމަދު ނިޝާން - 10 - ލެ މެރީޑިއަމް 4- އަފުޒާލް ވަހީދު - 21 - ކޮކޫން މޯލްޑިވްސް 5- މާހިދު އަލީ - 29 - ސިކްސް ސެންސް ކަނުހުރާ ޓެކާސް ދިރާގު ރިސޯޓު ކަޕުގެ ޅަވިޔަނި ޒޯނު ކުރިއަށްދިޔައީ ހަތަރު ޓީމާއެކު އެވެ. އެއީ ޗެމްޕިއަންކަން ހޯދި މެރީޑިއަންގެ އިތުރުން ކޮކޫން މޯލްޑިވްސް އާއި ސިކްސް ސެންސަސް ކަނުހުރާ އަދި އެޓްމޮސްފިއާ ކަނިފުށިއެވެ. ޅަވިޔަނި ޒޯނުގެ ކާމިޔާބީއާއެކު ދެން ކުރިއަށްއޮތީ ނޫނު އަތޮޅު ޒޯނުގެ ކުޅުމެވެ. މި ޒޯނުގެ ކުޅުން ކުރިއަށްދާނީ 15-24 ޖުލައިގެ ނިޔަލަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ