އއ. އަތޮޅުގެ މީހުން ދިރިއުޅޭ އަށް ރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު ރައީސް މުހައްމަދު މުއިއްޒު މިއަދު މާލެ ވަޑައިގެންފި އެވެ.
ވީކިހިނެއް؟ - މިދިޔަ އަންގާރަ ދުވަހު ފެއްޓެވި ދަތުރުފުޅުގައި އެ މަނިކުފާނު ވަނީ އެ އަތޮޅު ތޮއްޑޫ، ރަސްދޫ، އުކުޅަސް، މަތިވެރި، ބޮޑުފޮޅުދޫ، ފެރިދޫ، މާޅޮސް، އަދި ހިމަންދުއަށް ވަޑައިގެންފަ އެވެ.
ތަފްސީލް - ސަރުކާރުގެ ބައެއް މިނިސްޓަރުންނާއި ކުންފުނިތަކުގެ ބައެއް ވެރީން ހިމެނޭ ވަފުދަކާ އެކު، އެއިން ކޮންމެ ރަށެއްގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ރައީސް ބައްދަލުކުރެއްވި އެވެ.
މި ދަތުރުގެ ތެރެއިން ކުރި ބައެއް މަސައްކަތްތަކަކީ:
8 ރަށުގައި ބީއެމްއެލްގެ އޭޓީއެމްގެ ހިދުމަތް ތައާރަފުކުރި
މާޅޮސް، ހިމަންދޫ، ފެހެންދޫ، އަދި ތޮއްޑޫގައި ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތް ރަސްމީ ގޮތުން ފެށި
މާފަރުފަޅަކީ ފެރިދޫގެ ބައެއްގެ ގޮތުގައި ކަނޑައަޅަން ނިންމި
މަތިވެރީގައި ތަރައްގީކުރާ އެއާޕޯޓުގެ މަސައްކަތް ހަވާލުކުރި
މަޑިވަރު ފިނޮޅު ހިމާޔަތްކޮށް، ރަސްދޫ މީހުންނަށް ބޭނުންކުރެވޭނެހެން ސަރުާރުން ވަރަށް ބޮޑު އިސްކަމެއްދީގެން ތަރައްގީކޮށްދޭނެ ކަމަށް ރައީސް ވިދާޅުވި
ގުޅުން ހުރި - ރައީސް މުއިއްޒުގެ މި ފަސް އަހަރުގެ ރިޔާސީ ދައުރުގެ ތެރެއިން ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް މަދުވެގެން ތިން ފަހަރު ވަޑައިގަތުމަކީ އެ މަނިކުފާނުގެ ވައުދެކެވެ.
އއ. އަތޮޅުގެ ދަތުރަށް ފަހު ރައީސް މާލެ ވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ