ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާގެ މެންބަރުކަމުގެ ބައި-އިލެކްޝަންގެ ވޯޓުލުން މިއަދު ހެނދުނު ވަނީ ފަށާފައެވެ. މި އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނީ މިއަދު ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 ޖަހަންދެނެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އަބްދުއްރަހްމާން ސަލާހް ރަޝީދު ވިދާޅުވީ، މި ބައި-އިލެކްޝަންގައި ވޯޓުލުމަށް ހަމަޖެހިފައިވާ ހަތް ފޮށީގައި ވެސް ކަނޑައެޅިފައިވާ ގަޑިއަށް ވޯޓުލުން ފެށިފައިވާ ކަމަށެވެ. މި އިންތިހާބުގައި ޖުމްލަ 4,121 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.
މި ބައި-އިލެކްޝަންގައި ވާދަކުރައްވަނީ ދެ ކެންޑިޑޭޓުންނެވެ. އެއީ ވެރިކަންކުރާ ޕީއެންސީގެ ފަރާތުން ކުރީގެ ކައުންސިލަރު އަހުމަދު ސައީދު (ސޮޑާ) އާއި އިދިކޮޅު އެމްޑީޕީގެ ފަރާތުން އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އެވެ. އެމްޑީޕީގެ ޓިކެޓު ސޯދިގަށް ލިބިވަޑައިގަތީ ޕްރައިމަރީއަކާ ނުލައި ކަމަށްވާއިރު، ޕީއެންސީގެ ޓިކެޓު ސައީދަށް ލިބުނީ އެ ޕާޓީގެ ޕްރައިމަރީ ކާމިޔާބު ކުރެއްވި މުހައްމަދު ސިނާން އިންތިހާބުގައި ވާދަނުކުރަން ނިންމެވުމާ ގުޅިގެންނެވެ.
އައްޑޫ ސިޓީގެ ހިތަދޫ ސްކޫލުގައި 5 ފޮށި
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެންބަރަކަށް ކުރިން ހުންނެވި ޕީއެންސީގެ މުހައްމަދު ސިނާންގެ މައްޗަށް ސާބިތު ދަރަންޏެއް އޮވެ، އެ ދަރަންޏަށް ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީ އޭނާގެ ގޮނޑި ގެއްލުނު ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ