ސިވިލް ސާވިސް ކޮންފަރެންސް ފަށައިފި
ސިވިލް ސަރވިސްގެ މަސައްކަތްތައް ރޭވިފައިވާ ގޮތްތައް ދިރާސާކޮށް، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ބާއްވާ "ސިވިލް ސަރވިސް ކޮންފަރެންސް" މިއަދު ފަށައިފި އެވެ.ސިވިލް ސާވިސްގެ މަސައްކަތާއި ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް، ކޮންމެ ދެ އަހަރަކުން އެއް އަހަރު ސިވިލް ސާވިސް ކޮންފަރެންސް ބާއްވައެވެ.ސިވިލް ސާވިސް މުވައްޒަފުންގެ އަދަދު އެހާ ގިނައިރު، ޚިދުމަތްތައް ލަސްވުމުގެ ކަންބޮޑުވުން އޮންނަތާ އެތައް އަހަރެއް ވަނީ ވެފައެވެ.މި އަހަރުގެ ސިވިލް ސާވިސް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް މުހައްމަދު މުޖުތާޒު ވަނީ، ސިވިލް ސާވިސްގައި 35،000އަށް ވުރެ ގިނަ މުވައްޒަފުން ހަރަކާތްތެރިވާކަން ފާހަގަކުރައްވައިފަ އެވެ.އެ ޚިދުުމަތުގައި މުވައްޒަފުން ގިނަ ނަމަވެސް، އޭނާ ވިދާޅުވީ، ރާއްޖެ އުފެދިފައިވާ ގޮތުން ހިދުމަތްތައް ދިނުމަށް ގޮންޖެހުންތައް ކުރިމަތިވާ ކަމަށެވެ. ނަމަވެސް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމަށް ސިވިލް ސާވިސްއިން މަސައްކަތް ކުރަން ޖެހޭކަން ފާހަގަކުރެއްވި އެވެ.ސިވިލް ސާވިސްގެ ޚިދުމަތްތައް ތަރައްގީ ކުރުމަށް ޓަކައި، އެ ނިޒާމު ހަރުދަނާ ކުރަން ޖެހޭކަން ފާހަގަކުރައްވައި މުޖުތާޒު ވިދާޅުވީ މި ކޮންފަރެންސަށް ކަމާ ގުޅުންހުރި ދިރާސާތައް ހުށަހަޅާނެ ކަމަށެވެ. އެ އިލްމީ ދިރާސާތަކުގެ ތެރޭގައި ހިންގުން ހަރުދަނާ ކުރުމާއި، އިދާރާތަކުގެ މަސައްކަތުގެ ފެންވަރު ރަނގަޅު ކުރުމާއި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުމާއި މަސައްކަތުގެ ރައްކާތެރި މާހައުލެއް ގާއިމުކުރުން ފަދަ ކަރުދާސްތައް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.ދެ ހާާސް ސާދަ ވަނަ އަހަރުން ފެށިގެން ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވަމުން އަންނަ މި ކޮންފަރެންސް މިއަހަރު ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ ހޯމަ ދުވަހުގެ ނިޔަލަށެވެ. މިއީ މި ސިލްސިލާގެ ދަށުން ބޭއްވޭ ފަސް ވަނަ ކޮންފަރެންސްއެވެ. މީގެ ކުރިން މި ކޮންފަރެންސް ބާއްވާފައިވަނީ 2014، 2016، 2018 އަދި 2024 ވަނަ އަހަރުގައެވެ. މިއަހަރުގެ ކޮންފަރެންސަށް ކަނޑައަޅާފައިވާ ޝިޢާރަކީ "ކުރިމަގަށް ތައްޔާރުވެފައިވާ އިޖާބަދޭ ހިންގުންތެރިކަމެއް - މީހުން ބާރުވެރިކުރުވައި، ހަލުވިކަމާއެކު ޚިދުމަތްތައް ހަރުދަނާކުރުން" މިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ