މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހުގެ ތެރޭގައި ދައުލަތަށް ގްރީން ޓެކްސްގެ ގޮތުގައި 1.05 ބިލިއަން ރުފިޔާއަށްވުރެ ގިނަ އާމްދަނީއެއް ލިބިފައިވާކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 959 މިލިއަން ރުފިޔާއާ އަޅާބަލާއިރު 10 އިންސައްތައިގެ އިތުރުވުމެކެވެ.
މަސްތަކަށް ބަހާލެވިފައިވާ އާމްދަނީގެ ތަފްސީލް:
ނަމަވެސް، މޭ މަހުގެ އާމްދަނީ ވަނީ މިދިޔަ އަހަރުގެ މޭ މަހާ އަޅާބަލާއިރު 32 އިންސައްތަ ދަށްވެފައެވެ. މި ދަށްވުމަކީ މެދުއިރުމަތީގެ ނުތަނަވަސްކަމާ ގުޅިގެން ބައިނަލްއަގުވާމީ ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު މަދުވުމުން ދިމާވި ކަމެއް ކަމަށް މީރާއިން ފާހަގަކުރެއެވެ.
ގްރީން ޓެކްސް ނަގާ އުސޫލާއި ބޭނުން:
ގްރީން ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީ ބޭނުންކުރަނީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ މަޝްރޫއުތަކަށެވެ. މީގެ ތެރޭގައި ރަށްރަށުގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތަކުގެ އިތުރުން ތިމާވެށީގެ ދެމެހެއްޓެނިވި އެކި ޕްރޮގްރާމްތައް ހިމެނެއެވެ.
ގްރީން ޓެކްސްގެ ގޮތުގައި ބިލިއަނަކަށްވުރެ ގިނަ ރުފިޔާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ