ރާއްޖެއަށް އެތެރެކުރުމާއި ބޭނުންކުރުން މަނާކޮށްފައިވާ ސިންގަލް ޔޫސް ޕްލާސްޓިކްގެ ބާވަތްތައް އެތެރެކޮށް، ބޭނުންކޮށް ނުވަތަ ވިއްކާނަމަ 1 ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް އެންވަޔަރަމެންޓް މިނިސްޓްރީން “ސިންގްލް ޔޫސް ޕްލާސްޓިކް މަދުކުރުމާ ގުޅޭ ގަވާއިދު” އާންމުކޮށްފިއެވެ. މި ގަވާއިދުގެ ބޭނުމަކީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ސަބަބުން ތިމާވެއްޓަށާއި ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމެވެ. ސަރުކާރުން މިހާރު ދަނީ މިފަދަ ޕްލާސްޓިކްގެ ބަދަލުގައި ބޭނުންކުރެވޭނެ ތިމާވެއްޓާ ރައްޓެހި ބާވަތްތައް ބާޒާރަށް ނެރުމުގެ މަސައްކަތް ކުރަމުންނެވެ.
އަލަށް އެކުލަވާލި ގަވާއިދުގައިވާ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ ގަރާރުން މަނާކޮށްފައިވާ ޕްލާސްޓިކްގެ ބާވަތްތައް ބޭނުންކޮށް، ވިއްކައި ނުވަތަ އުފައްދާ ފުރަތަމަ ފަހަރު ނަމަ އެ ފަރާތަކަށް ހަމައެކަނި ނަސޭހަތް ދިނުމަށްފަހު ދޫކޮށްލާނެއެވެ. ނަމަވެސް ދެވަނަ ފަހަރު އެކަން ތަކުރާރުކޮށްފި ނަމަ، އެތެރެކޮށްފައިވާ ނުވަތަ ބާޒާރަށް ވިއްކަން ނެރޭ އެއްޗެއްގެ އަދަދަށް ބަލައި ކޮންމެ އެއްޗަކަށް 150 ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުންޏެވެ. މި ގަވާއިދުގެ ދަށުން މީހަކު ޖޫރިމަނާ ކުރެވޭނެ އެންމެ މަތީ އަދަދަކީ 1 ލައްކަ ރުފިޔާއެވެ.
ރާއްޖޭގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ 14 ބާވަތެއް މަނާކޮށްފައިވާއިރު، މީގެ ތެރޭގައި ހިމެނޭ 30 ސެންޓިމީޓަރުގެ ޕްލާސްޓިކް ކުދިކޮތަޅު ބާޒާރުކުރުމުގައި ބޭނުންކުރުން މިއަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން މަނާވާނެއެވެ. މީގެ އިތުރުން، ލިސްޓުގައި ހިމެނޭ 1 ލީޓަރަށްވުރެ ކުދި ފެންފުޅި ރާއްޖޭގައި އުފެއްދުން މަނާކުރާ ތާރީޚު 2027 އަށް އަދި ބާޒާރަށް ނެރުން މަނާކުރާ ތާރީޚު 2028 އަށް ވަނީ ފަސްކޮށްފައެވެ. ޕްލާސްޓިކްގެ ސަބަބުން ނުރައްކާތެރި ބަލިތަކަށް މީހުން ހުށަހެޅޭތީ، ފަރުދީ ގޮތުންވެސް ޕްލާސްޓިކާ ދުރަށް ދިއުމަށް މިނިސްޓްރީން އިލްތިމާސްކުރެއެވެ.
ރާއްޖެއަށް އެތެރެކުރުން މަނާ ސިންގަލް-ޔޫޒް ޕްލާސްޓިކުގެ ބާވަތްތައް ކަނޑައެޅުމާބެހޭ ޤަރާރު އިސްލާހުކޮށްފި އަންނަ އަހަރު ޕްލާސްޓިކްގެ 12 ބާވަތެއްގެ އެތެރެކުރުން މަނާކޮށްފި ހުޅުމާލެއިން 1.5 ޖަމްބޯ ކޮތަޅުގެ ޕްލާސްޓިކް ނަގައިފި އެއް ފަހަރު ބޭނުންކޮށްފައި އުކައ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ