މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަންއެއް ހޮވަން ބާއްވާ އިންތިޚާބަކީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވަން ޖެހޭ އިންތިޚާބެއްކަމަށް ދެކި ވަޑައިނުގަންނަވާ ކަމަށް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޗެއާޕާސަންއެއް ހޮވަން ބާއްވާ އިންތިޚާބުގައި ވާދަކުރައްވާ މީކާއީލް ނަސީމްގެ ކެމްޕެއިން ޖަލްސާއެއްގައި، ޅ.ހިންނަވަރުގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ، އެމްޑީޕީގެ ލީޑަޝިޕަށް އާ ބަޔަކު ގެނެސް، އެ ލީޑަރުންނާ އެކު ކުރަންވީ ކަމަކީ ހެޔޮ ބަދަލުތަކެއް ގެންނަން މަސަައްކަތް ކުރުން ކަމަށެވެ. އެހެންވެ، މިއީ ނަޝީދު ވާދަކުރައްވަންވީ އިންތިހާބެއް ނޫންކަމަށް ދެކިލައްވާކަމަށް އިބޫ ވިދާޅިވެއެވެ.
އިބޫގެ ވާހަކަފުޅުގައި ވިދާޅުވީ، މިވަގުތު ނަޝީދުގެ ގެވެސް އަދި އެމަނިކުފާނުގެވެސް އެއްމެ ބޮޑު އިސްކަމެއްދޭންވީ ކަމަކީ ކުރީގެ ރައީސް ޔާމީނާއެކު އުފައްދާފައިވާ ޔުނައިޓެޑް ޑިމޮކްރަޓިކް ފްރޮންޓްގެ މަސައްކަތްތަކަށެވެ. އެމަސައްކަތުގެ ނަތީޖާއެއް ނެރެން ގިނަ ވަގުތުތަކަކާއި، ގިނަ މަސައްކަތްތަކެއް ކުރައްވަން ޖެހޭކަމަށް އިބޫ ވިދާޅުވިއެވެ.
މީގެ ިއތުރުން އިބޫ ވިދާޅުވީ، ދިވެހިރާއްޖޭގައި ޒުވާނުން ވޯޓުލާ މިންވަރު އިތުރުވަމުން އަންނައިރު، އެމްޑީޕީގެ ލީޑަޝިޕް ޒުވާން ޖީލަކަށް ބަދަލުނުކުރެވިއްޖެނަމަ، އެއީ ޖީލަކަށް އޮތް ފުރަސެތެއް ގެއްލުވާލުންކަމަށާއި، ރާއްޖޭގެ ވެރިކަން އެއް ބޭފުޅަކު 30 އަހަރުވަންދެން ކުރެއްވުމުގެ ސަބަބުން ދިމާވި މައްސަލަތައް، އެމްޑީޕީގެ ތެރެއިން ފެންނަން ބޭނުން ނުވާކަމަށްވެސް އިބޫ ވިދާޅުވިއެވެ.
"ރާއްޖެ ދުށް 30 އަހަރުގެ ވެރިކަމުގެ ސަބަބުން ދިމާވި މައްސަލަތައް އެމްޑީޕީގެ ތެރެއިން ފެންނާކަށް އަޅުގަނޑެއް ބޭނުމެއް ނޫން. އެހެންވީމަ އެހެން ބަޔަކަށް މި ފުރުސަތު ދީފައި އަޅުގަނޑުމެން އެ ބަޔަކާ އެކު ކުރިއަށް ދާންވީ،" އިބޫ ވިދާޅުވި އެވެ.
މިއީ ނަޝީދު ވާދަކުރަންވީ އިންތިޚާބެއް ނޫން، ފުރުސަތު ދޭންވީ ޒުވާނުންނަށް: އިބޫ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ