ޢިލްމުވެރިޔާ ޑރ. ޙަސަން ޙަމީދު އެކުލަވާލައްވާފައިވާ އިނގިރޭސި – ދިވެހި ބަސްފޮތް މައުމޫން ފައުންޑޭޝަންގެ ޗެއާރމަން، ނިޝާން ޢާޒީގެ ޢިއްޒަތުގެވެރިޔާ، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް ހަދިޔާކުރައްވައިފިއެވެ.
އިނގިރޭސި – ދިވެހި ބަސްފޮތް ރައީސަށް ހަދިޔާކޮށްފައިވަނީ އެކަމަށްޓަކައި ރައީސް މައުމޫންގެ އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ފައުންޑޭޝަންގެ ވައިސް ޗެއާރމަން އަޙްމަދު ފާރިސް މައުމޫނާއި، ޗީފް އެގްޒެކެޓިވް އޮފިސަރ ޢަބްދުﷲ ކަމާލުއްދީނާއި، ފައުންޑޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރު ޔުމްނާ މައުމޫން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި ރައީސް މައުމޫން ވިދާޅުވީ މިފަދަ ބަސްފޮތެއް އެކުލަވާލުމަކީ ފަސޭހަކަމެއް ނޫން ކަމަށެވެ. އެހެންކަމުން، މިފަދަ ބުރަ މަސައްކަތެއް މިހާ ފުރިހަމައަށް ކުރެއްވިކަމަށްޓަކައި ޑރ. ޙަސަން ޙަމީދަށް މަރުޙަބާ ވިދާޅުވިއެވެ. އަދި އެމަނިކުފާނަށް މި ފޮތް ހަދިޔާކުރެއްވީތީ ޝުކުރު އަދާކުރެއްވިއެވެ.
ޑރ. ޙަސަން ޙަމީދު ވިދާޅުވީ މި ބަސްފޮތް އެކުލަވާލީ ޖުމްލަ 8 އަހަރު ދުވަހުގެ ބުރަ މަސައްކަތުން ކަމަށެވެ. އޭގެތެރޭއިން 6 އަހަރު ދުވަހު މުޅިން މި މަސައްކަތްޕުޅުގައި ހޭދަކުރެއްވި ކަމަށެވެ. މި ބަސްފޮތަކީ 120000 ލަފްޒުގެ މައްޗަށް އެކުލެވިގެންވާ، 1992 ޞަފުޙާގެ ބޮޑު ފޮތެކެވެ.
ޑރ. ޙަސަން ޙަމީދުގެ އިނގިރޭސި - ދިވެހި ބަސްފޮތް ރައީސް މައުމޫނަށް ހަދިޔާކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ