ހަތަރު ޑައިވަރުންގެ ހަށިގަނޑު އިޓަލީއަށް މިރޭ ފޮނުވަނީ
ވ. އަތޮޅުގެ މަޝްހޫރު "މިޔަރު ޑައިވް" ސައިޓުގެ ހޮހަޅައަށް ފީނަން ގޮސް އުޅެނިކޮށް މަރުވި އިޓަލީވިލާތުގެ ހަތަރު ޑައިވަރުންގެ ހަށިތައް މިރޭ ފަތިހު އެގައުމަށް ފޮނުވުމަށް ނިންމައިފި އެވެ.މިދިޔަ ބުރާސްފަތި ދުވަހު ކަނޑުއަޑީގެ ހޮހޮޅައަކަށް ޑައިވްކުރަން ގޮސް އުޅެނިކޮށް ގެއްލުނީ އިޓަލީގެ ހަތަރު ޑައިވަރަކާއި އެމީހުން އިންސްޓްރަކްޓަރެވެ.ވ. އަތޮޅުގައި ޑައިވް ކުރަނިކޮށް އިޓަލީގެ ފަސް ޑައިވަރުން ގެއްލުނީ މިމަހުގެ 14 ވަނަ ދުވަހު އެވެ.އޭގެ ތެރެއިން އެކެއްގެ ހަށިގަނޑު އެ ދުވަހު ފެނިފައިވާއިރު ބާކީ ތިބި ހަތަރު މީހުންގެ ހަށިގަނޑު ފެނުނީ މި މަހުގެ 18 ވަނަ ދުވަހު އެވެ.މި މީހުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު، އެ މީހުން ޑައިވްކުރި ކަނޑު އަޑީގެ ހޮހަޅައިގެން ތެރެއިން ނެގީ މި މަހުގެ 19 ވަނަ ދުވަހު އެވެ. އަދި ބާކީ ތިބި ދެ މީހުން ހަށިގަނޑު ނެގީ މި މަހުގެ 20 ވަނަ ދުވަހު އެވެ.އިޓަލީގެ ފަސް ޑައިވަރުންގެ ހަށިގަނޑުގެ ތެރެއިން އެކެއްގެ ހަށިގަނޑު ވަނީ މި މަހުގެ 19 ވަނަ ދުވަހު އިޓަލީއަށް ގެންގޮސްފަ އެވެ.ކަނޑު ހޮހަޅާގައި މަރުވި މީހުންމޮނިކާ މޮންޓެފަލްކޯން، 51، ޔުނިވަސިޓީ އޮފް ޖެނޯއާގެ ޕްރޮފެސަރެއްޖޯޖިއާ ސޮމާކަލް، 20، މޮންޓެފަލްކޯންގެ އަންހެން ދަރިފުޅު އަދި ޔުނިވަސިޓީގެ ދަރިވަރެއްމިއުރިއަލް އޮޑެނީނޯ، 31، ޔުނިވަސިޓީގެ ދިރާސާވެރިއެއްފެޑެރިކޯ ގުއަލްޓިއޭރީ، 31، ޔުނިވަސިޓީގެ ދިރާސާވެރިއެއްގިއަންލޫކާ ބެނެޑެޓީ، 41، ޑައިވިން އިންސްޓްރަކްޓަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ