މުޒާހަރާގެ ތެރެއިން ރޭ ހައްޔަރުކުރި މީހުން ދޫކޮށްލައިފި

ޖަލަށްލި ނޫސްވެރިން ދޫކޮށްލުމަށް ގޮވާލައި، ރޭ އިދިކޮޅުން ކުރި މުޒާހަރާގައި ހައްޔަރު ކުރި މީހުން ދޫކޮށްލައިފި އެވެ.
ވީ ކިހިނެއް؟- 'އަދަދު' ނޫހުގެ ނޫސްވެރިންކަމުގައިވާ މުހައްމަދު ޝަހުޒާން އާއި ލީވާން އަލީ ނަސީރު ހައްޔަރުކުރުމާ ގުޅިގެން، ސިލްސިލާކޮށް މިހާރު އަންނަނީ މުޒާހަރާތައް ކުރަމުންނެވެ. އެގޮތުން ރޭ ކުރި މުޒާހަރާގައި ފަސް މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
ހައްޔަރުކުރި މީހުންގެ ތެރޭގައި ޝަހުޒާންގެ އާއިލާގެ ދެ މީހަކު ވެސް ހިމެނެ އެވެ. އެ އެންމެން ވެސް މިއަދާއި މިރޭގެ އެކި ވަގުތުތަކުގައި ވަނީ ދޫކޮށްލާފަ އެވެ.
ރައީސް މުހައްމަދު މުއިއްޒުގެ މައްޗަށް ގަފުޒުުކުރިކަމުގެ ތުހުމަތުކުރާ މައްސަލައެއްގައި ކްރިމިނަލް ކޯޓުން ނެރުނު ގެގް އަމުރާ ހިލާފުވި ކަމަށް ބުނެ، ޖަލު ހުކުމެއް އިއްވި ލީވާން މިއަދު ވަނީ 10 ދުވަހަށް ފަހު ބަންދުން ދޫކޮށްލާފަ އެވެ.
ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި، ތުހުމަތުތަކާ ގުޅޭގޮތުން ރައީސް މުއިއްްޒާ ސުވާލެއް ކޮށްގެން، ޝަހުޒާންގެ މައްޗަށް ކޯޓުގެ ހުރުމަތް ކެނޑިކަމުގެ ކުށުގައި އިއްވި 15 ދުވަހުގެ ހުކުމުން އޭނާ މިނިވަން ވާނީ އަދި ފަސް ދުވަސް ފަހުންނެވެ.
ނޫސްވެރިން ހައްޔަރުކުރުމާ އެކު ފެށި މުޒާހަރާތަކުގައި ބައިވެރިވެގެން، ޝޯޝަލް މީޑިއާ އެކްޓިވިސްޓު ޝަމްމޫން ޖަލީލް (ލޫކަސް) ވެސް މިހާރު ވަނީ 10 ދުވަހަށް ޖަލަށް ލާފަ އެވެ. އޭނާގެ ބަންދުގެ މުއްދަތު މާދަމާއަށް ހަމަވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ