މާލޭ އެމްޕީއެލް ބަނދަރު ސަރަހައްދު ކައިރިން ކޮޅުވެއްޓިއެއް މިއަދު ބަންޑުން ޖަހާލައިފި އެވެ.
ވީ ކިހިނެއް؟ - ފުލުހުން ބުނީ އެމްޕީއެލްއާ ދިމާ ބޭރުން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލާފައިވާކަމުގެ ރިޕޯޓު މިއަދު 3:44 ހާއިރު ލިބިފައިވާ ކަމަށެވެ.
އެ ހާދިސާގެ ރިޕޯޓު ކޯސްޓުގާޑަށް ލިބިގެން ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފުން ވެސް ބުންޏެވެ.
ތަފްސީލް - ފުލުހުން މީޑިއާއަށް ފޮނުވި މެސެޖެއްގައި ބުނީ އެ ހާދިސާގައި ތިން މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. ނަމަވެސް، އެ މީހުންނަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އަދި ނުލިބެ އެވެ.
ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.
ގުޅުން ހުރި - މިދިޔަ މަހު ކ. އެރިޔަދޫ ކައިރިން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ތިން މީހަކު މަރުވި އެވެ. މީގެ އިތުރުން، މިިދިޔަ ޖޫން މަހު ވެސް ޅ. އަތޮޅަށް ދަތުރުކުރި ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ސިފައިންގެ މީހަކު ވަނީ މަރުވެފަ އެވެ.
މާލޭ އެމްޕީއެލް ބަނދަރު ކައިރިން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ