ސިނގިރޭޓް ވައްކަން؛ ފަހުން ހައްޔަރުކުރި މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނާ ސިނގިރޭޓް ވަގަށް ނެގި މައްސަލައިގައި އެން މެފަހުން ހައްޔަރުކުރި މީހުން ވެސް ޝަރިއަތް ނިމެންދެން ބަންދުކޮށްފި އެވެ.
މި އަހަރުގެ އޭޕްރީލް މަހުގެ 26 ވަނަ ދުވަހު މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ހުޅުމާލޭގެ ޕޯޓުގައި ހިފެހެއްޓި 40 ފޫޓުގެ ދެ ކޮންޓެއިނަރު ސިނގިރޭޓު ގެއްލުނު މައްސަލާގައި ޝާމިލްވާ މީހުންގެ ތެރެއިން އެންމެ ފަހުން ހައްްޔަރި ތިން މީހުންނަކީ ނޫރަލީގެ / ހދ.ވައިކަރަދޫ، އަޙްމަދު ޝަހީމް (42އ) އާއި ޗާނދަނީގެ / ސ.ހިތަދޫ، ޙުސައިން ސާމިޙު (35އ) އާއި ހ. ރުމޭނިޔާ / މާލެ، އަޙްމަދު ފިރުސާން (35އ) އެވެ. 
ފުލުހުން މި މީހުން ހައްޔަރުކޮށްފައިވަނީ، މިދިޔަ ހުކުރުދުުވަހު އެވެ.
އޭގެ ކުރީން ކެނެރީގެ / ނ.މިލަދޫ، އާދަމް ވަޙީދު (54އ) ހައްޔަރުކޮށްފައިވެ އެވެ. އޭނާ އަކީ ސިނގިރޭޓް ކޮންޓެއިނާތައް އުފުލި ދޯނީގެ ކެޕްޓަނެވެ.
ފުލުހުން ބުނީ މި ހަތަރު މީހުންގެ ބަންދާއިމެދު ގޮތް ނިންމަން ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
އެ މައްސަލައާއި ގުޅިގެން ކުރިން ހައްޔަރުކުރީ ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ ޖެނެރަލް މެނޭޖަރެއްގެ މަގާމުގައި ހުރި މުއާޒު އަލީ އާއި، ދެ ވިޔަފާރިވެރިން ކަމުގައިވާ ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާއި އެޕޯލޯގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއެކު ހދ. ވައިކަރަދޫއަށް ނިސްބަތްވާ ޒިވާރު އިސްމާއީލް އާއި ލިންކް / ކ.ތުލުސްދޫ، ހަސަން އަބްދުއްރަޙްމާން (52އ) އެެވެ. މި އެންމެންވެސް ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ