ޑޮލަރުތައް ފޭރުނު މީހުން ޝަރީއަތް ނިމެންދެން ބަންދަށް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ބީއެމްއެލްގެ ދެ މުވައްޒަފަކަށް ބިރުދެއްކުމަށްފަހު ލައްކައަކަށް ވުރެ ގިނަ އެމެރިކާ ޑޮލަރު ފޭރުނު މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.އެ މައްސަލައާ ގުޅިގެން 4 މީހަކު ފުލުހުން ހައްޔަރު ކުރީ 28 ވަނަ ދުވަހުގެ ހެނދުނު ކ. ހުރާއިންނެވެ. އެ މީހުން ދަތުރުކުރި ލޯންޗު ވެސް ވަނީ އެ ރަށު ފަޅުތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ:މާޒިން މޫސާ، 25، ރޭޝަން/ލ. މާވަށްއަހުމަދު ރައިހާން ނައީމް، 20، މ. ކޯރަސްއިބްރާހިމް އަނޫފް، 24، އަޅިވިލާގެ/ކ. ގުރައިދޫހުސެން ޝަހުދު، 30، އަޅިވިލާގެ/ކ. ގުރައިދޫއެ މީހުންގެ ބަންދަށް ކޯޓުން ފުރަތަމަ ދިނީ 5 ދުވަހެވެ.މޫނު ނިވާކޮށްގެން ތިބި ދެ މީހަކު ބީއެމްއެލްގެ ދެ މުވައްޒަފަކަށް ބިރު ދެއްކީ ބާ ޓާމިނަލުން އާ ޓާމިނަލަށް ދާން ހަދާފައިވާ "ވޯކްވޭ" ތެރެއިންނެވެ. އަދި އެއާޕޯޓުގެ ސެކިއުރިޓީ ކަންކަން ބަލަހައްޓާ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ މީހުންނަށް ވެސް ވަޅިން ބިރު ދައްކައި، ލޮލަށް ސްޕްރޭ ކުރުމަށްފަހު ފައިސާ ހުރި ސޫޓް ކޭސް ފޭރިގަތުމަށްފަހު އެ މީހުން ދުވެ ގޮސް އެރީ ލޯންޗަކަށް ކަމަށް މައުލޫމާތު އެނގޭ މީހަކު މީގެ ކުރިން ބުނެފައިވެ އެވެ.އެ ޑޮލަރުތައް ހިފައިގެން، އެ ދުވަހުގެ ހެނދުނު 8:45 ގައި އެ މީހުން ވަނީ މާލެއިން ފުރައިގެން 30 މިނެޓުން ދެވޭހާ ކައިރީގައި އޮންނަ ހުރައަށް ގޮސްފަ އެވެ. އަދި އެ މީހުން ހައްޔަރުކުރީ އެ ރަށުގައި ތިއްބަ އެވެ.ހުރައިން މީގެ ކުރިން ވާހަކަ ދެއްކި މީހަކު ބުނެފައިވަނީ އެ ހަތަރު މީހުން ޑޮލަރު ގެންގުޅޭތަން، އެ މީހުން ތިބި ގެސްޓްހައުސްގެ ސީސީޓީވީ ކެމެރާއިން ފެންނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ