މިއަދު ކުރިމަތިވެފައިވާ އެންމެ ނުރައްކައުތެރިކަން ބޮޑު އެއް ބަދަލަކީ ފޮޓޯ ޝޮޕް ސޮފްޓްވެއާއިން ފޮޓޯތައް އެޑިޓްކުރާ ފަދައިން ފޯނުން މީހާގެ އަޚްލާޤް އެޑިޓް ކޮށްގެން ދައްކާކަމެވެ.
ވަރަށް ގިނަ އަންހެނުންގެ އެންމެ ބޮޑު އެއް ޝަކުވާއަކަށްވެފައި އޮންނަނީ ފޯނުން ބައްދަލުވި މީހާ އާއި ކައިވެނިކުރުމުން މުޅިން ތަފާތު މީހެއްގެ ގޮތުގައި އޭނާ ފެންނަ ކަމުގެ ޝަކުވާއެވެ. މިބުނަނީ ފޯނުން އޭނާ ދެއްކި ރިވެތި އަޚްލާޤް އޭނާގެ ކިބައިގައި ނުހުންނަ ކަމުގެ ޝަކުވާގެ ވާހަކަތަކެވެ.
ލޮބުވެތިކަނބަލުންނޭވެ! މިފަދަ ދެއްކުންތެރި ވާހަކަތަކަށް ހެއްލި މައިންބަފައިންނަކީ މައިންބަފައިން ނޫންކަމަށް ހަދައިގެން ވެސް އެބަ ކައިވެނިކުރަމުއެވެ. ކައިވެނި މިކުރެވުނީ މާލީ ގޮތުންވެސް އަޚްލާޤީ ގޮތުންވެސް އެއްވެސް ބުރަދަނެއް ނެތް މީހަކާއިކަން އެނގޭއިރު މިއޮންނަނީ ޢާއިލީ ގުޅުން ކެނޑިފައެވެ.
ދަރިން ނިކަމެތިވެ ޙާލުގައި ޖެހިގެން އެނބުރި ގެއަށް ދިއުމުން ކޮންމެ ގޮތަކަށް ކުރިން ޢަމަލުކުރިނަމަވެސް ދަރިން ވާނީ ހަމަ ދަރިންނަށް ކަމަށް ބަލައި ވަރަށް ގިނަ ޢާއިލާތަކުން ދަރިފުޅު ބަލައި ގަނެއެވެ. ނަމަވެސް ބަލައި ނުގަންނަ ޢާއިލާތައް ވެސް ތިބެއެވެ. ވީމާ ފޯނުން ނުވަތަ ސޯޝަލް މީޑިއާގައި މީހަކު ދައްކާ ކަންކަމަށް ހެއްލި ޙަޔާތުގެ މުހިންމު ނިންމުންތައް ނުނިންމާށެވެ! އެކަން އައިސް ތިބާ އާއި އަރައިހަމަކުރާނީ ކޮންއިރަކު ކޮން ސިފައެއްގައިކަމެއް ނުއެނގޭނެއެވެ!
- މުފްތީ މެންކުގެ ދަރުސަކުން
ހާދަ ލޯބިން ޗެޓްކުރިމިހާއާ ކައިވެނިކުރީމަ ބަސްމަގާ ޢަމަލުތައް ނުބައި މީހަކަށްވަނީ ކީއްވެ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ