ޓްރީ ޓޮޕުން ޑިސެމްބަރުގެ ހިތާނީ ކޭމްޕުގައި ބައިވެރިވާން ހުޅުވާލައިފި

ޓްރީ ޓޮޕް ހޮސްޕިޓަލުން މި އަހަރު ކުރިއަށްެގެންދާ ދެވަނަ ހިތާނީ ކޭމްޕްގައި ބައިވެރިވާން އިއްޔެ ހުޅުވާލައިފި އެވެ.
ވީ ކިހިނެއް؟ - މި ކޭމްޕުގައި ބައިވެރިވުމަށް އަންނަ މަހު 18ގެ ނިޔަލަށް ނަން ނޯޓުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.
އަންނަ މަހު 20 އިން އަންނަ 20 ޖެނުއަރީއަށް ކުރިއަށްގެންދާ މި ކޭމްޕުގެ އަގަކީ އާސަންދައަށް ފަހު 5,500ރ. އެވެ.
ތަފްސީލް - ހިތާނީ ޕެކޭޖްގައި ހިމެނެނީ:
ޔޫރޮލޮޖިސްޓް އަދި އެނެސްތީސިއޮލޮޖިސްޓުންގެ އޮޕަރޭޝަނުގެ ކުރީގެ ކޮންސަލްޓޭޝަން
ޕްރޮސީޖާއާ ގުޅޭ އާންމު ލެބޯޓަރީ ޓެސްޓްތައް
ލޯކަލް ނުވަތަ ޖެނެރަލް އެނެސްތީސިއާގެ ދަށުން ހިތާނުކުރުން
އޮޕަރޭޝަނަށް ބޭނުންވާ ހުރިހާ ތަކެއްޗާއި ބޭސް
އޮޕަރޭޝަނަށް ފަހު ޑޭކެއާގައި މޮނިޓާ ކުރުން
ހިތާނު ކުރުމަށް ފަހު ޑޮކްޓަރަށް ދެއްކުން
އޮޕަރޭޝަނަށް ފަހު ލުއި ކެއުން
ހާއްސަ އަގެއްގައި އަމިއްލަ ކޮޓަރިއަކަށް ބަދަލުވުމުގެ ފުރުސަތު
މި ކޭމްޕުގައި ހިދުމަތް ދެއްވާނީ، ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނި ގޮތުގައި، އޮޕަރޭޝަން ފަރުވާއަށް ހާއްސަ ޑޮކްޓަރުންނާއި ކުޑަކަމުދާ ނިޒާމުގެ ހާއަްސަ ޑޮކްޓަރުން ހިމެނޭ ތަޖުރިބާކާރު މެޑިކަލް ޓީމަކުންނެވެ. މި ޓީމުގައި ހިމެނިވަޑައިގަންނަވާ ޑޮކްޓަރުންނަކީ:
ޑރ. އިބްރާހިމް މޫމިން 
ޑރ. އުކްތަމް އަބްދުﷲ
ޑރ. ހުސެއިން ހަދިޔެވް
ޑރ. މުހައްމަދު ޝަރީފް 
ޑރ. މެހެމަތު އޯޑާ
ޑރ. އަބްދުﷲ އުބައިދު
އެ ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އާ އުސޫލުތަކާއި ހިދުމަތްތައް ތައާރަފުކޮށް، ދިވެހިން ބޭރު ގައުމުތަކަށް ސިއްހީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުން 
ސިއްހީ ހިދުމަތުގެ ޚަރަދުތައް ކުޑަކުރުން 
އެންމެ ޒަމާނީ ޓެކްނޮލޮޖީ އާއި ފުރިހަމަ ލެބޯޓަރީ ހިދުމަތްތަކާ އެކު، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ އަމާޒަކީ ދިވެހިންގެ ގިނަ ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދިނުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ