ހޮންކޮންގް އަލިފާނުގެ ހާދިސާ: މިހާތަނަށް 44 މަރު
ހޮންކޮންގުގެ އުތުރުގެ ޓައި ޕޯ ޑިސްޓްރިކްޓްގައި ހުންނަ މީހުން ދިރިއުޅޭ އިމާރާތެއްގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި މިހާތަނަށް 44 މީހުން މަރުވެއްޖެއެވެ. އެ ހާދިސާގައި އެތައް ބަޔަކު ވަނީ ޒަޚަމްވެފައެވެ. ހޮންގްކޮންގް ވެރިޔާ ޖޯން ލީ ވިދާޅުވީ އެ ހާދިސާގައި 279 މީހުން ގެއްލިފައިވާއިރު، ހާދިސާގައި އަނިޔާވި 29 މީހުން ވަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައެވެ. އޭގެތެރެއިން ހަތް މީހުންގެ ހާލު ސީރިއަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ޓައި ޕޯ ޑިސްޓްރިކްޓްގެ ވަންގް ފުކް ކޯޓް އެ ސްޓޭޓްގައި ހުރި އެ އިމާރާތުގެ 31 ބުރީގެ ޓަވަރުތަކުން ބޯ ކަޅު ދުމާއި އަލިފާން ވެސް ހިފާފައިވާއިރު، އަލިފާން ނިއްވުމުގެ މަސައްކަތް ފަޔާ ފައިޓަރުން އަންނަނީ ކުރަމުންނެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަޔާ ސާވިސަސްގެ ޑެޕިއުޓީ ޑިރެކްޓަރު ޑެރެކް އާމްސްޓްރަންގް ޗާން ވިދާޅުވީ ރޭގަނޑު އަނދިރިކަމުން އެ މީހުންގެ އޮޕަރޭޝަންތަކަށް ހުރަސްއެޅިފައިވާ ކަމަށާއި ފަޔާ ފައިޓަރުންނަށް އަދިވެސް ދެ އިމާރާތަކަށް ވަނުމަށް ދަތިވެފައިވާ ކަމަށެވެ. އަލިފާނުގެ ހާދިސާއިން ސަލާމަތްވި ބަޔަކު. އެ ހާދިސާގައި މިހާތަނަށް 44 މީހުން ވަނީ މަރުވެފައި.ފޮޓޯ/ގެޓީ ފުލުހުން ބުނީ އަލިފާނުގެ ހާދިސާއާ ގުޅިގެން ގަސްތުގައި މީހަކު މަރާލި ކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެކަމާބެހޭ އިތުރު ތަފްސީލެއް ދީފައެއްނުވެއެވެ. މި އަލިފާނުގެ ހާދިސާއަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން ޖަޕާނު ސިފައިން އޭރު އިނގިރޭސިންގެ ވެރިކަން ކުރި ސަރަހައްދު ހިފި ފަހުން ހޮންކޮންގުގައި ހިނގި އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާއެވެ. ވޭންގް ފުކް ނަމަކަށް ކިޔާ، ޖުމްލަ އަށް ޓަވަރު ހުންނަ މީހުން ދިރިއުޅޭ އިމާރާތަކީ ސަރުކާރުގެ އިޖުތިމާއީ ބޯހިޔާވަހިކަމުގެ ދަށުން ތަރައްގީކޮށްފައިވާ އިމާރާތެކެވެ. އެތަނުގެ ކޮންމެ ޓަވަރެއްގައި 31 ފަންގިފިލާ ހުންނައިރު، އެތަނުގައި 1983 ވަނަ އަހަރުން ފެށިގެން މީހުން ދިރިއުޅެމުންދެއެވެ. އެ އިމާރާތުގައި 2،000 އާ ގާތްކުރާ އަދަދަކަށް މީހުން ދިރިއުޅޭ ޔުނިޓް ހުރެއެވެ. ތާށިވެފައި ތިބި މީހުންގެ އަދަދާއި އަލިފާން ރޯވާން މެދުވެރިވި ސަބަބުގެ ތަފްސީލެއް ކަމާބެހޭ ފަރާތްތަކުން އަދި ހާމައެއް ނުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ