ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނުގެ ދަށުން އެކުލަވާލަން ޖެހޭ ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުމަށް ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތު އިތުރުކުރުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.
ވީ ކިހިނެއް؟ - ސަރުކާރުގެ ފަރާތުން ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމް ގާނޫނަށް ހުށަހެޅުއްވި އެ އިސްލާހުގެ ފުރަތަމަ ކިޔުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވައިފަ އެވެ.
ތަފްސީލް - ފިސްކަލް ޒިންމާގެ ގާނޫނަށް ގެނައުމަށް ހުށަހަޅާފައިިވާ މައިގަނޑު އިސްލާހަކީ، އެ ގާނޫނުގެ 39 ވަނަ މާއްދާގެ ދަށުން އެކުލަވާލަންޖެހޭ ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލާ އެއަށް އަމަލު ކުރަން އޮތް މުއްދަތު ފަސްކުރުމެވެ.
މިހާރު ގާނޫނު އޮތް ގޮތުން އަންނަ ބުދަ ދުވަހުގެ ކުރިން އެ ޗާޓާރު އެކުލަވާލައި ފާސްކޮށް އެއަށް އަމަލު ކުރަން ޖެހޭ
ގާނޫނަށް އިސްލާހު ހުށަހަޅާފައިވަނީ އެ މުއްދަތު ދެ އަހަރަށް އިތުރުކުރުމަށް؛ އެއާ އެކު، ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލައި ފާސްކޮށް އަމަލު ކުރަން ޖެހޭނީ 3 ޑިސެމްބަރު 2026ގައި
އާ އިސްލާހުގައި ބުނެފައިވާ ގޮތުން، ޕަބްލިކް ސެކްޓާ އިންވެސްޓުމެންޓު (ޕީއެސްއައިޕީ)ގެ ދަށުން ހިންގަން ރާވާ ޕްރޮގްރާމުތައް ބަޖެޓުގައި ހިމެނުމުގެ ކުރިން އެ ޕްރޮގްރާމުތަކުގެ ފީޒިބިލިޓީ ވަޒަންކޮށް، އެ ކަންކަމުން ލިބޭނެ ކަމަށް ލަފާކުރާ އިގްތިސޯދީ އަދި މާލީ މަންފާ އާއި އިޖުތިމާއީ މަންފާ އަދި ހަރަދުތަކާއި އެ ޕްރޮގްރާމުތަކުން ލިބިދާނެ ގެއްލުންތައް ދައުލަތުގެ ފިސްކަލް ޕޮލިސީ ކަނޑައަޅާއިރު ފިނޭންސް މިނިސްޓަރު ވަޒަން ކުރަންޖެހޭނެ ކަމަށް ބުނެފައިވާ މާއްދާއަށް ވެސް އެ މުއްދަތުގައި އަމަލު ކުރާކަށް ނުޖެހޭނެ އެވެ.
ފާހަގަ ކުރެވޭ - މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ތަސްދީގު ކުރި ފިސްކަލް ޒިންމާގެ ގާނޫނުގެ މަގުސަދަކީ:
ދައުލަތުގެ ފިސްކަލް ނިޒާމު ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ އުސޫލުތައް ބަޔާންކުރުން
ދައުލަތުގެ ފިސްކަލް ޕޮލިސީ ހިނގާނުހިނގާ ގޮތް ބެލުމުގެ ބާރު ރަައްޔިތުންގެ މަޖިލީހަށްދީ، ފިސްކަލް ނިޒާމު ހިންގުމާ ގުޅޭ ގޮތުން ހާސިލު ކުރެވޭ ނަތީޖާތައް މަޖިލިހާ ހިއްސާކޮށް ފިސްކަލް ކަންކަމާ ގުޅޭ ގޮތުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ އުސޫލުތައް ބަޔާން ކުރުން
މާލީ ޒިންމާގެ ޗާޓަރު އެކުލަވާލުން ފަސްކުރަން ގާނޫނަށް އިސްލާހު ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ