ދިރާގުން ދޭ 2 ލޯންޗު ހޯދުމުގެ ފުރުސަތު ދެގުނަކުރަން ބާކީ 3 ދުވަސް
ދިރާގުން ދޭ ދެ ލޯންޗު ހޯދުމުގެ ފުރުސަތު ދެ ގުނަކުރަން ބާކީ އޮތީ ތިން ދުވަސް ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ. ދިރާގުން ބުނީ، ދިރާގު 'އެންރޯލް އެންޑް ވިން 2 ސްޕީޑްބޯޓް' ޕްރޮމޯޝަންގެ ދަށުން ދޭ ދެ ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު، ދެ ގުނަ ކުރުމުގެ ފުރުސަތު، އާދީއްތަ ދުވަހުގެ ނިޔަލަށް ހަމަވާނެ ކަމަށެވެ. 'އެންރޯލް އެންޑް ވިން 2 ސްޕީޑްބޯޓް' ޕްރޮމޯޝަންގެ ދަށުން ދިރާގު ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، ލިމިޓެއް ނެތް ފައިބާ ކަސްޓަމަރުންނަށް އަދި އަލަށް ދިރާގާ ގުޅޭ ކަސްޓަމަރުންނަށް ކޮންމެ ހަ މަހުން މުޅިން އައު ސްޕޯޓްސް ލޯންޗެއް ހޯދުމުގެ ފުރުސަތު ލިބޭނެއެވެ. މީގެ އިތުރުން، ދިރާގު ޕޭއަށް ރަޖިސްޓަރީކޮށްގެން މި ޕްރޮމޯޝަންގެ ދަށުން ލިބޭ ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު އިތުރުވާނެ ކަމަށް ދިރާގުން ބުންޏެވެ. އަދި، މި ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގެ ތެރޭގައި ދިރާގުޕޭއަށް ރަޖިސްޓާކުރާ ކަސްޓަމަރުންނަށް ވެސް މި ފުރުސަތު ލިބި، މި އަގުހުރި އިނާމުތައް ހާސިލުކުރުމުގެ ފުރުސަތު އިތުރުވާނެ ކަމަށް ދިރާގުން ބުންޏެވެ. މި ޕްރޮމޯޝަންގެ ލަކީޑްރޯގައި ބައިވެރިވެވޭނީ: ދިރާގު ޕްރީޕެއިޑް ޕްލޭންތަކަށް 450 ރުފިޔާ ނުވަތަ އެއަށްވުރެ އިތުރަށް ރީލޯޑްކުރާ ކަސްޓަމަރުން ދިރާގު ޕޯސްޓްޕެއިޑް 450 ނުވަތަ އެއަށްވުރެ މަތީ ޕްލޭންތަކަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުން އަމިއްލަ ޕޯސްޓްޕެއިޑް ޕްލޭންއަކަށް 450 ރުފިޔާ ނުވަތަ އެއަށްވުރެ މަތިން ބިލު ދައްކާ ކަސްޓަމަރުންނަށް ދިރާގު ލިމިޓެއްނެތް ފައިބާ 40އެމް ނުވަތަ އެއަށްވުރެ މަތީގެ ޕްލޭންތައް ހިޔާރުކުރާ ކަސްޓަމަރުންނަށް ދިރާގު ކަސްޓަމަރުންނަށް ދިރާގާ އަލަށް ގުޅޭ ކަސްޓަމަރުންނަށް މި ޕްރޮމޯޝަނަށް ހާއްސަ ޕޯޓަލް މެދުވެރިކޮށް މާރިޗު 31، 2026 ގެ ކުރިން އެންރޯލްކުރެވޭނެ ކަމަށް ދިރާގުން ބުންޏެވެ. https://sun.mv/212936 ދިރާގުން ބުނި ގޮތުގައި މި ޕްރޮމޯޝަންގެ ނަސީބުވެރިންނަށް އެކުންފުނިން ދިނުމަށް ހަމަޖެހިފައިވަނީ އަލް ޝާލީ މެރިން ކެނެރީ 28 މޮޑެލްގެ ސްޕޯޓްސް ލޯންޗުތަކެކެވެ. މި ހިތްގައިމު ސްޕީޑްބޯޓުތަކަކީ އެކި ކަންކަމަށް ބޭނުންކުރެވޭގޮތަށް ފަރުމާކޮށްފައިވާ ބާރުގަދަ ލޯންޗުތަކެކެވެ. މިއިން ކޮންމެ އުޅަނދެއްގައި ޔަމަހާ 250 ހޯސްޕަވަރުގެ އިންޖީނެއް ވެސް އެކުލެވިގެންވެއެވެ. މި ޕްރޮމޯޝަނާ ބެހޭ އިތުރު މައުލޫމާތު މި ލިންކުގައި ވަނީ ހިމަނައިފައެވެ. ދިރާގުން ދަނީ މި ފަދަ ޚާއްސަ ޕްރޮމޯޝަންތަކުގެ ޒަރިއްޔާއިން ކަސްޓަމަރުންގެ ދިރިއުޅުމަށް އިތުރު ފާގަތިކަން ގެނެސްދީ، ރާއްޖޭގައި އެ ފަދަ ދެވަނައެއް ނެތް ޕްރޮމޯޝަންތައް ކުރިއަށް ގެންދަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ