ތިނަދޫއާއި ވިލިނގިލީގައި ޓިވެޓް ސެންޓަރު ޤާއިމު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބީލަމަށް!

ތިނަދޫއާއި ވިލިނގިލީގައި ޓިވެޓް ސެންޓަރު ޤާއިމު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން މި ދެރަށުގައި ޓިވެޓް ސެންޓަރުތައް ގާއިމްކުރުމަށް ބީލަމަށް ހުޅުވާލީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބާރ އެންޑް ސްކިލްސް ޑިވެލޮޕްމެންޓްގެ އެދިލެއްވުމުގެ މަތިން މިއަދު އެވެ. އެގޮތުން ތިނަދޫ ސިޓީގައި ޓިވެޓް ސެންޓަރެއް ގާއިމްކުރުމުގެ މަސައްކަތާއި ވިލިނގިލީގައި ޓިވެޓް ސެންޓަރަކާއި ދަރިވަރުންގެ އެކަމަޑޭޝަން ބްލޮކެއް ޤާއިމު ކުރުމަށް ވަނީ ބީލަމަށް ހުޅުވާލާފައި އެވެ.
މި ބީލަން ކުރިއަށްގެންދަން ނިންމާފައިވަނީ ނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު" އާއި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ ގެ "ނޭޝަނަލް ޓެންޑަރުން ކުރިޔަށްގެންދާ އިމާރާތްކުރުމުގެ މަސައްކަތްތައް އެވޯޑް ކުރެވޭނެ އަދަދު ކަނޑައަޅާނެ ގޮތުގެ އުސޫލު" ގެ އިތުރުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓު އެންޑް ޓްރޭޑްގެ " ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ" ގެ ދަށުންނެވެލ.
މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެންސީ.ބީ) އުޞޫލުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު (R-158/2023) އާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
ކޮންމެ ބީލަމެއްގައި ބައިވެރިވުމަށް  -/500 ރުފިޔާ (ފަސްސަތޭކަ ރުފިޔާ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 29 އޮކްޓޯބަރ 2025 އިން 10 ނޮވެންބަރ 2025 އަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އިން 14:00 އަށް މިމިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ  (https://bandeyripay.finance.gov.mv) މެދުވެރި ކޮށެވެ. އަދި ފައިސާ ދެއްކުމަށްފަހު،
މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި ފިނޭންސް މިނިސްޓްރީގެ ވެބްސައިޓްwww.finance.gov.mv އިން 29 އޮކްޓޯބަރ 2025 ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބިޑާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބިޑަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެއް ކަމަށް މިނިސްޓްރީން ވަނީ ބުނެފައި އެވެ.
މި ޕްރޮޖެކްޓުތަކުގެ ބިޑްސެކިޔުރިޓީ ގެ ގޮތުގައި ކަނޑައަޅާފައިވަނީ 301,000.00 ދިވެހި ރުފިޔާއެވެ.ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުންފެށިގެން 148 ދުވަހެވެ.
ޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފަވަނީ 6 ނޮވެންބަރ 2025ވާ ބުރާސްފަތި ދުވަހުގެ 10:00:00ގައި އޮންލައިންކޮށެވެ. ޕްރީބިޑް ބައްދަލުވުމުގެ އިތުރު މައުލޫމާތު ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެވެ. މި ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 6 ނޮވެންބަރ 2025ވާ ބުރާސްފަތި ދުވަހުގެ 13:00:00ގެ ކުރިން، މިނިސްޓްރީގެ ބިޑިންގ އީމެއިލް އެޑްރެހަށެވެ.
މިޕްރޮޖެކްޓުގެ ބިޑު ހުށަހަޅަންޖެހޭނީ ބީލަން ޕޯޓަލް މެދިވެރިކޮށް 13 ނޮވެންބަރ 2025ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00:00ގެ ކުރިންނެވެ. އަދި މިޕްރޮޖެކްޓުގެ ބިޑު ހުޅުވުން އޮންނާނީ 13 ނޮވެންބަރ 2025ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00:00 ގައެވެ.
ބީލަން ޕޯޓަލް މެދުވެރިކޮށް ބީލަން ހުށަހެޅޭނީ ބީލަން ޕޯޓަލްއަށް ރަޖިސްޓަރީވާ ފަރާތްތަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ