"ރަސްމާލެއަށް ކުރަނީ އިސްރާފު، ދީފައިހުރި ގޯއްޗާއި ފްލެޓުތަކުގައި އަސާސީ ޚިދުމަތް ގާއިމްކުރުން މުހިންމު"

ސަރުކާރުން ގޯތި ހަވާލުކުރުން ލަސްކޮށް، ރަސްމާލެއަށް ކުރަނީ ބޮޑު އިސްރާފެއް ކަަމަށް އުތުރުތިލަފަޅު ޔޫނިއަނުން މިއަދު ބުނެފިއެވެ. އުތުރުތިލަފަޅު ޔޫނިއަނުން ނެރުނު ބަޔާނެއްގައި ވަނީ އެހެން ރަށްރަށުގައި ހިއްކާ ބިންތައް އެ ރަށްރަށުގެ ރައްޔިތުންނަށް ލިބޭހެން، މާލޭ ސަރަހައްދުގެ ފަޅުތައް ހިއްކައިފައި ހިލޭ ބިން ދިނުމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ގެންގުޅުއްވި ސިޔާސަތަށް ތައުރީފުކޮށްފައެވެ. އެގޮތުން، އެ ސަރުކާރުން އުތުރުތިލަފަޅުން 850 ހެކްޓަރުގެ ބިންހިއްކުމަށް ނިންމާފައިވާ މަޝްރޫއުގެ ތެރެއިން، ފުރަތަމަ ފިޔަވަހީގައި 645 ހެކްޓަރުގެ ބިންހިއްކުމުގެ މަސައްކަތް ފަށާފައިވާކަން އެ ޔޫނިއަނުން ބުނެފައިވެއެވެ. "ބިންވެރިޔާ" ސްކީމުގެ ދަށުން ހުޅުމާލެއިން ދޫކުރާ 1،000 ގޯތި ދޫކުރާ ސަރަހައްދުގެ ބިން ސާފު ކުރުމުގެ ތެރެއިން --- ސަން ފޮޓޯ/ އާދަމް ނިޝާމް ބްރިޖަކުން ގުޅާލެވޭގޮތަށް އޮތް އެ ތަންތަނުން ގޯތިތައް ހަވާލުކުރުމަށް އިސްކަންދިނުމުގެ ބަދަލުގައި، ވާދޫ ކަނޑު ހުރަސްކޮށް ބްރިޖަކުން ގުޅާލެވެންނެތް ފުށިދިއްގަރުފަޅު "ރަސްމާލެ" ގެ ނަމުގައި 600 މިލިއަނެއްހައި ރުފިޔާ ހޭދަކޮށްގެން ހިއްކުމަކީ، ދައުލަތުގެ ބަޖެޓުންކުރާ ބޮޑު އިސްރާފެއް ކަމުގައި ދެކޭ ކަމަށް އެ ޔޫނިއަނުން ބުންޏެވެ. އަދި އެއަށްވުރެ ކުޑަ ޚަރަދަކުން، 300 މިލިއަނާއި 350 މިލިއަނާ ދެމެދުގެ އަދަދެއް ހޭދަކޮށްގެން ހުޅުމާލޭ ފޭސް-3 އާއި، ގުޅީފަޅާއި، ގިރާވަރުފަޅާއި، އުތުރުތިލަފަޅު ހިމެނޭހެން 645 ހެކްޓަރުގެ ބިން ހިއްކައި، 52،000 އާއިލާއެއްގެ "ދެލައްކައަށް ވުރެ ގިނަ" ރައްޔިތުންނަށް ބޯހިޔާވަހިކަން ދެވެން އޮތްކަމަށް ޔޫޓީއެފް ޔުނިއަން އިން ބުންޏެވެ. https://x.com/utfunion/status/1982690808982601864?s=48 ގޯއްޗާއި ފްލެޓަށް ކުރިމަތިލުމަށް ފާއިތުވި ސަރުކާރުން ހުޅުވައިލި ދެވަނަ ބުރުގައި، މުއްދަތު ހަމަވިއިރު 40،594 އަށްވުރެ ގިނަ އާއިލާތަކުން ފުލެޓާއި ގޯއްޗަށް ކުރިމަތިލާފައިވީ ނަމަވެސް، ދެވަނަ ބުރުގެ ފޯމުތައް އިވެލުވޭޓް ނުކޮށް، ލަސްކުރަމުން ދިއުމަކީ ރައްޔިތުންނަށް ލިބެން އޮތް ބޯހިޔާވަހިކަމުގެ ހައްގުން މަހުރޫމުވެ، އިތުރު ލަސްތަކެއް ކުރިމަތިކުރުވާނެ ކަމެއް ކަމަށް އެ ޔޫނިއަން އިން ބުންޏެވެ. https://sun.mv/212667. އެހެންކަމުން "ރަސްމާލެ" ހިއްކުމަށް އަހަމިއްޔަތުކަން ދިނުމުގެ ބަދަލުގައި، އިސްކަން ދޭންވީ، ފަށާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ނިންމައި، އެތަންތަނުން ގޯއްޗާއި ފްލެޓު ލިބުނު ފަރާތްތަކަށް އެ ތަންތަނުގެ ބޭނުންކުރެވޭނެ މަގު ފަހިކޮށްދިނުމަށް ކަމުގައި ދެކޭ ކަމަށް ވެސް ޔޫޓީއެފް ޔުނިއަނުން ބުނެފައިވެއެވެ. ޔޫޓީއެފް ޔުނިއަން އިން ވަނީ ގެދޮރުވެރިޔާ އާއި ބިންވެރިޔާގެ ދެވަނަ ސްކީމްގައި ގޯއްޗާއި ފްލެޓަށް ކުރިމަތިލާފައިވާ އާއިލާތަކުގެ ފޯމުތައް އިވެލުވޭޓް ކުރުމަށާއި، މި ތަންތަނުގައި ރައްޔިތުންނަށް ދިރިއުޅުމަށް ބޭނުންވާ އަސާސީ ހިދުމަތްތައް ގާއިމުކުރުމަށް ގޮވާލާފައެވެ. ހަަމައެއާއެކު، އެ ތަންތަނުގެ ބިމުން ނުހިއްކައި މިހާރު ބާކީހުރި ބިން ހިއްކުމުގެ މަސައްކަތް މިހާރުން މިހާރަށް ފެށުމަށް ވެސް ސަރުކާރަށް ގޮވާލާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ