ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފާދިއްޕޮޅު (ޅ. އަތޮޅު) އަދި މާލެ އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ޅ. ކުރެންދޫއަށް ވަޑައިގަތުމުން އެރަށުގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް އެރަށުގެ އެކި އުމުރުފުރާތަކުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބަނދަރު ސަރަޙައްދަށް ޖަމާވެފައެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޅ. އަދި ކ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ވަޑައިގެންނެވި ދެވަނަ ރަށެވެ. ރައީސް މުޢިއްޒު ކުރެންދޫއަށް ވަޑައިގަތުމުން އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ރަށުގެ އެކި އުމުރުފުރާތަކުގެ މީހުން ވަނީ ވަރަށް ހޫނު މަރުޙާބާއެއް ދަންނަވާފައެވެ. ރައްޔިތުންގެ ފަރާތުން ލިބުނު މި މަރުޙަބާގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާއަށް ރަށުގެ ތެރެއިން ދަތުރުކުރައްވަން ޖެހިވަޑައިގެންފައިވަނީ ބޮޑު ތަރުޙީބެއްގެ ތެރެއިންނެވެ.
ކުރެންދޫއަށް ކުރައްވާ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއު.ޑީ.ސީ) ގެ އިތުރުން ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ބައްދަލުކުރެއްވުމަށް ހަމަޖެހިފައެވެ. މި ބައްދަލުވުންތަކުގައި ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުންގެ ޙާލަތު ބައްލަވައިލައްވައި، އެމަނިކުފާނުގެ ސަރުކާރުގެ ސިޔާސަތުތަކާ ގުޅޭގޮތުން މަޢުލޫމާތު ދެއްވުމަށް ވަނީ ރާވާފައެވެ.
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ ތެރެއިން ކުރެންދޫގެ ތަރައްޤީއަށް ރާވާފައިވާ މުހިންމު މަޝްރޫއުތަކެއް ފަށްޓަވައިދެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއުތަކަކީ ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ގިނަ ގޮންޖެހުންތަކަށް ޙައްލު ހޯދައިދިނުމަށް އެހީތެރިވެދޭނެ މަޝްރޫޢުތަކެއް ކަމަށް ބެލެވެއެވެ.
ކުރެންދޫއިން ރައީސް އަށް ހޫނުމަރުހަބާއެއް ދަންނަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ