ހެއްކަން ނުފޫޒު ފޯރުވާތީ ފުލުހުން ފެށި އޮޕަރޭޝަން: އެކަކު ހައްޔަރު ކޮށްފި

މައްސަލައެއްގައި ހެއްކަން ނުފޫޒު ފޯރުވާތީ ފުލުހުން ފެށި އޮޕަރޭޝަންގައި މީހަކު ހައްޔަރު ކޮށްފި އެވެ. 
އިއްޔެ ފެށި އެ އޮޕަރޭޝަނާއިގުޅޭ ބައެއް ތަފްސީލް ފުލުހުން މިރޭ ވަނީ ހާމަކޮށްފަ އެވެ. ފުލުހުން ބުނީ މިއީ ޝަރީއަތް ހިނގަމުންދާ މައްސަލައެއްގައި ހެއްކަން ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާއި ގުޅިގެން ފެށި ތަހުގީގެއް ކަމަށެވެ. އަދި އެ ތަހުގީގާއި ގުޅިގެން މާލޭގައި ހާއްސަ އޮޕަރޭޝަނެއް ހިންގަމުންދާ ކަމަށެވެ.
މި އޮޕަރޭޝަންގައި މި މައްސަލައިގެ ތުހުމަތަށް 34 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ވެސް ބުންޏެވެ. އަދި އޭނާ ދިރިއުޅޭ ތަން ކޯޓް އަމުރެއްގެ ދަށުން ބަލާ ފާސްކޮށް ޑިޖިޓަލް ޑިވައިސްތަކެއް ހިފަހައްޓާފައިވާ ކަމަށާ އަދި އޭގެ އިތުރުން މި މައްސަލައިގެ ތުހުމަތުގަައި އިތުރު ދެ މީހެއްގެ ޑިޖިޓަލް ޑިވައިސްތައް ވެސް ކޯޓް އަމުރެއްގެ ދަށުން ވަނީ ހިފަހައްޓާފައި ކަމަށް ވެސް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ