އެމަނިކުފާނުގެ ވެރިކަމެއްގައި ޝަރުޢީ ދާއިރާއަށް އަތް ނުބާއްވާނެކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙް މިހެން
ވިދާޅުވީ އެމަނިކުފާނު އަރިއުތުރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި
އެއަތޮޅު ރަސްދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކޮށް ވާހަކަދައްކަވަމުންނެވެ.
"އަޅުގަނޑުމެންގެ
ސިޔާސަތުތައް ހާމަކުރަމުން މިއަންނަނީ، އަދި މިވޭތުވެދިޔަ ތަނުގަ މި ފަސްއަހަރު
ދުވަހުގައިވެސް އަޅުގަނޑުމެން ވީ ވަޢުދުތަކާއި އެވަޢުދުތައް ފުއްދަމުން ދިޔަ ގޮތް
ރަސްދޫގެ ރައްޔިތުންނަށްވެސް އެނގިވަޑައިގަންނަވާނެ، އަދި ކުރިއަށް ރޭވިފަހުރި
ކަންތައްތަކަކީވެސް ހަމަ ޤައުމަށާއި، ރަށްރަށަށާއި ރައްޔިތުންނަށް އެންމެ
ފައިދާހުރި ގޮތައް ރޭވިފަ ހުރި
ކަންތައްތައް، އަޅުގަނޑުމެންގެ ވާދަވެރިންވެސް ބައެއް ކަންތައްތައް އެބަ ހާމަކުރައްވާ،
އެހެންނަމަވެސް އެއަކުންނެއް ނުފެނޭ މާބޮޑު ތަޞައްވުރެއް ޕްލޭނެއް އޮވެގެން ރާވާފަހުރި
ކަންތައްތައްތަކެއް ކަމަކަށް" ރައީސް ޞާލިޙް ވިދާޅުވިއެވެ.
Advertisement
ރައީސް އިތުރަށް
ވިދާޅުވީ ވާދަވެރިން ދައްކަވަނީ އަބަދުވެސް ކޮންމެވެސް މީހަކު ޖަލަށް ލާ ވާހަކަ
ކަމަށާއި، އެމަނިކުފާނުގެ އެވިސްނުންފުޅު ނެތްކަމަށާއި، ކިތަންމެ ޚިޔާލު
ތަފާތުވިޔަސް ކަމެއް ކުރާނީ އެކަމެއް ކުރަން އޮންނަ އުސޫލުގެ ތެރެއިން ކަމަށެވެ.
"ޝަރުޢީ
ދާއިރާގެ ތެރެއަކަށް އަޅުގަނޑުމެން އަތެއް ނުބާނާނަން، މިނިވަން ކަމާއިއެކީ
ޖުޑިޝަރީ ހިންގުމުގެ ބާރު މިވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ފެނިގެން
ގޮސްފައިވާނީ، އަޅުގަނޑުމެންގެ ވާދަވެރިން އެންމެ ކަންބޮޑުވާ އެއްކަމަކީ
އެބޭފުޅުންގެ އޭރުގެ ލީޑަރުގެ މައްސަލަ، އަޅުގަނޑު މިދެންނެވީ ރައީސް ޔާމިން ޖަލުގައި
އިންނަވަން ޖެހުނު ޖެހުން އެއީ
އެބޭފުޅުންގެ ކަންބޮޑުވުމަކީ، އަޅުގަނޑުމެން އެންމެންވެސް ކަންބޮޑުވޭ އެކަމާ"
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް
ރައީސް ޞާލިޙް
ވިދާޅުވީ ޝަރީޢަތެއްގެ މެދު ތެރޭގައި ކަމެއް އޮންނައިރު އެއާއި ދޭތެރޭ ގޮތެއް
ނިންމުމުގެ ބާރު އެމަނިކުފާނަށް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ. އެމަނިކުފާނަށް
ލިބިވަޑައިގެންފައިވަނީ ޝަރުޢީ ހުރިހާ މަރުޙަލާއެއް ނިމިމުން ދެން އެއޮންނަ
ޤާނޫނުގެ ތެރެއިން ކޮށްދެވެން އޮތް ކަމެއް
ކޮށްދިނުމުގެ އިޚްތިޔާރު ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޝަރުޢީ
ނިޒާމުގެ ތެރެއަށް އަތްބޭނުމަށް އެއްވެސް ބޭފުޅަކު އެމަނިކުފާނަށް މަޖުބޫރު
ނުކުރެއްވުމަށެވެ. އަދި އެކަން އެގޮތައް ނުކުރައްވާނެ ކަމަށްވެސް ރައީސް ޞާލިޙް
ވިދާޅުވިއެވެ.
އަރިއުތުރަށް
ކުރައްވަމުން މިގެންދަވާ ދަތުރުފުޅަށް ފަހު މާދަމާ ރައީސް އަރިދެކުނުގެ
ރަށްތަކަށްވެސް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
ޝަރުޢީ ދާއިރާގެ ތެރެއަކަށް އަޅުގަނޑުމެން އަތެއް ނުބާނާނަން: ރައީސް ޞާލިޙް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ