ޑރ މުޢިއްޒު ޝަހީދު ހުސެއިން އާދަމްގެ އާއިލާއާއި ބައްދަލު ކުރައްވައިފި

އިދިކޮޅު ކޯލިޝަންގެ
ރިޔާސީ ކެންޑިޑޭޓް ޑރ މުޙައްމަދު މުޢިއްޒު ބޮޑު ތިލަދުން މައްޗަށް ކުރައްވަމުން
ގެންދަވާ ކެމްޕޭނު ދަތުރުފުޅުގައި ތިނެއް ނޮވެމްބަރުގެ ޤައުމީ ބަޠަލު ޝަހީދު ހުސެއިން
އާދަމްގެ މަންމަ އާއި ބައްޕައާއި ބައްދަލުކުރައްވައިފިއެވެ.
ޑރ މުޢިއްޒު ރިޔާސީ
ކެމްޕޭނަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ޝަހީދު ހުސެއިން އާދަމްގެ މަންމަ އާއި
ބައްޕަ އާއި ބައްދަލު ކުރެއްވުމުން އެ އާއިލާއިން ވަނީ ޑރ މުޢިއްޒު އަށް ޝުކުރު
އަދާކުރައްވައިފައެވެ.
މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނުގެ ޓީމުގައި ހިމެނިވަޑައިގަންނަވާ
ޕީޕީއެމް ޕީއެންސީގެ ބައެއް ލީޑަރުންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
Advertisement
ޑރ މުޢިއްޒާއި ޓީމުގެ ބައެއް މެމްބަރުން. ފޮޓޯ: ޕީޕީއެމް
ޑރ މުޢިއްޒު ބޮޑުތިލަދުން މައްޗަށް މިކުރައްވާ ދަތުރުފުޅުގައި މިއަދު ވަނީ ހދ މަކުނުދޫއަށް ވަނީ ވަޑައިގެންފައެވެ. އެރަށަށް ވަޑައިގަތުމުން އެރަށުން ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔައިފައެވެ. މަކުނުދޫގެ އިތުރުން ހޯރަފުއްޓާއި އިހަވަންދޫއަށް ވެސް މިއަދު ޑރ މުޢިއްޒު ވަޑައިގަންނަވާނެެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ