27 އަހަރު ވަންދެން ނަޑެއްލާގައި ބޭނުންކުރި އިންޖީނުގެ ނިއްވާލައި އައު އިންޖީނުގެއަކުން ހިދުމަތް ދޭން ފަށައިފި

27 އަހަރު ވަންދެން ގދ. ނަޑެއްލާގައި ބޭނުންކުރަމުންދިޔަ ބާ އިންޖީނުގެ ނިއްވާލައި މުޅިން އައު އިންޖީނުގެއަކުން ރައްޔިތުންނަށް ހިދުމަތް ދޭން ފަށައިފިއެވެ.
މިމަހުގެ ހަތަރު ވަނަދުވަހު އަލަށް ޚިދްމަތްދޭން ފެށި ނަޑެއްލާގެ އައު އިންޖީނުގޭގައި 223.80 އަކަމީޓަރު ހުރިއިރު އޮފީހުގައި 158.26 އަކަމީޓަރު ހުންނާނެ ކަމަށް ފެނަކައިން ބުނެއެވެ. މީގެކުރިން ނަޑެއްލާގައި ހުރި އިންޖީނުގޭގެ ބިމުގެ ބޮޑުމިނަކީ 120 އަކަމީޓަރެވެ.
އަދި މިހާރު އަަލަށް އިމާރާއްކުރި މިއިންޖީނުގޭގައި ހުރި ޖެންސެޓްގެ ކެޕޭސިޓީ އަކީ 538 ކިލޯވޮޓް ކަމަށާއި އިންޖީނުގެ ޑިޒައިން ކޮށްފައިވަނީ 400 ކިލޯވޮޓްގެ ތިން ޖެންސެޓް ބެހެއްޓޭ ގޮތަށް ކަމަށްވެސް ފެނަކައިން ބުންޏެވެ.
މި އިންޖީނުގެތަކުގައި ޑެގް ރޫމް، ކޮންޓްރޯލް ރޫމް، ވޯކް ޝޮޕް، ސްޓޯ، ޕޭންޓްރީ، ފާހާނާ، ޗިމްނީ، ޑޭ ޓޭންކް، ޑީސަން ޓޭންކް ހުންނައިރު، އޮފީހުގައި މީޓިން ރޫމް، މެނޭޖާ ރޫމް، ރިސެޕްޝަން އަދި ލޮބީ، ޖެނެރަލް އޮފީސް، ސްޓޯ ރޫމް، ޕޭންޓްރީ އަދި ފާހާނާ ވެސް ހުރެއެވެ.
އާ އިންޖީނުގޭގެ ޚިދްމަތާއި އެކު ނަޑެއްލާ ރައްޔިތުންވަނީ ފެނަކައިން އެރަށު ރައްޔިތުންނަށް އުފާވެރިކަން ގެނެސްދީފިކަމަށް ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ