މަޖާ ގޭމުތަކާއެކު، އެސްޓީއޯގެ އެއް ދުވަހުގެ ސޭލް މިއަދު ހަވީރު ފަށަނީ

ކޮންމެ އަހަރެއްގެ ރޯދަމަހާ ދިމާކޮށް އެސްޓީއޯ އިން ކުރިއަށް ގެންދާ ރަމަޒާން ބާޒާރުގެ ދަށުން މިއަދު އެއް ދުވަހުގެ ސޭލެއް ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
މި ސޭލް ފަށާނީ މިއަދު ހަވީރު ހަތަރުގަޑި ސުންމިނެޓުގައެވެ. ހަވީރު ދަންފަޅި އިރުއޮއްސި ހައެއް ޖަހަންދެން ކުރިއަށްދާނެއެވެ. އަދި ރޭގަނޑު 8 އިން 10 އަށް އާޓިފިޝަލް ބީޗުގައި ސޭލު އޮންނާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.
މި ސޭލުން ގެއާއި ބަދިގޭގައި ބޭނުންކުރާ އެއްޗެހިން ބޮޑެތި ޑިސްކައުންޓުތަކެއް ލިބޭނެެއެވެ. އަދި  ކަމަށާއި ކުޑަކުދިންނަށް މަޖާ ގޭމުތަކާއި ފްރީ ޓޭސްޓިންވެސް ލިބެން ހުންނާނެއެވެ.
އެސްޓީއޯގެ ރަމަޟާން ބާޒާރު މި އަހަރަށް ފެށީ ޖެނުއަރީ 22ގައެވެ. މި ބާޒާރު އެސްޓީއޯ ޕީޕަލްސް ޗޮއިސްއާއި ރީޖަނަލް ފިހާރަތަކުގައި މި މަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ. މި ބާޒާރުގެ ބޮޑު އިނާމަކީ ދެ މީހަކަށް ޢުމްރާ ދަތުރެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ