ބޮޑު އިނާމަކަށް 50،000ރ. ލިބޭ ރޯދަ ޕްރޮމޯޝަނެއް މީޑިއާނެޓުން ފަށައިފި އެެވެ.
ވީ ކިހިނެއް؟ - 'މީޑިއާ ނެޓު ރޯދަ ހަދިޔާ'ގެ ނަމުގައި ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގެ މުއްދަތުގައި ކޮންމެ ހަފްތާއަކު ވެސް ނަސީބުވެރި ކަސްޓަމަރުންނަށް ފައިސާގެ އިނާމު ލިބޭނެ އެވެ.
ތަފްސީލް - މީޑިއާނެޓުން ބުނީ އިއްޔެ އިން ފެށިގެން އަންނަ މަހުގެ 3 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި އެ ކުންފުނީގެ ހިދުމަތް ހޯދާ ކަސްޓަމަރުންނާއި އަލަށް އެ ކުންފުންޏާ ގުޅޭ ކަސްޓަމަރުން ވެސް އޮޓަމެޓިކުން ބައިވެރިވާނެ ކަމަށެވެ.
ކޮންމެ ހަފްތާއަކު ވެސް ގުރުއަތުން ހޮވޭ ކަސްޓަމަރަކަށް 10،000ރ.ގެ ފައިސާގެ އިނާމު ދޭނެ
ޕްރިމިއަމް 'ވޯންޓް އިޓް އޯލް' ޕެކޭޖަށް ސަބްސްކްރައިބު ކުރާ ކަސްޓަމަރުންގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް 50،000ރ. ދޭނެ
މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް މީޑިއާނެޓުގެ ކަސްޓަމަރަކަށް ވާން ބޭނުން ނަމަ، އެ ކުންފުނީގެ ވެބްސައިޓަށް ޒިޔާރަތްކޮށް ހިދުމަތަށް އެދެވޭނެ އެވެ.
މީޑިއާނެޓުން ރޯދަ ޕްރޮމޯޝަނެއް؛ ބޮޑު އިނާމަކަށް 50،000ރ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ