ކާބޯތަކެތީގެ ޔަގީންކަން ކަށަވަރުކުރުމަށް، މޫސުމީ ބަދަލުތަކަށް ވިލުންތެރި ދަނޑުވެރިކަމެއް ކުރުމާ ގުޅޭ މަޝްވަރާތައް ކުރުމަށް ކޮންފަރެންސެއް ފަށައިފި އެވެ.
ވީ ކިހިނެއް؟ - ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އާއި އިސްލާމިކް އޯގަނައިޒޭޝަން ފޯ ފުޑް ސެކިޔުރިޓީ ގުޅިގެން ކުރިއަށް ގެންދާ ކޮންފަރެންސް ފައްޓަވައިދެއްވީ ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދެވެ.
ތަފްސީލް - ދަނޑުވެރިކަމުގެ މާހިރުންނާ އެކު ކުރިއަށް ގެންދާ މި ކޮންފަރެންސްގައި ފުޑް ސެކިޔުރިޓީ އަދި މޫސުމީ ބަދަލުތަކާ ގުޅުން ހުރި ދާއިރާތަކުގެ ތަޖުރިބާކާރުން ބައިވެރިވެ އެވެ.
ކޮންފަރެންސްގެ ތެރެއިން ދަނޑުވެރިކަން ކުރިއެރުވުމަށާއި އެ މަސައްކަތް ކުރުމަށް މޫސުމީ ބަދަލުތަކުގެ ސަބަބުން ހުރި ގޮންޖެހުންތަކާ މެދު މަޝްވަރާކޮށް، އެ ކަންތައްތަކުން އަރައިގަނެ 'ކްލައިމެޓް ސްމާޓް' ދަނޑުވެރިކަމެއް ކުރުމުގެ މަގުޗާޓު އެކުލަވާލާ ތަންފީޒު ކުރުމާ ގުޅޭ މަޝްވަރާތައް ވެސް ކުރާނެ އެވެ.
މި ކޮންފަރެންސްގެ އަމާޒަކީ އެމްއެންޔޫ އިން ބުނިގޮތުގައި މޫސުމީ ބަދަލުތަކާ އެކު އަންނަ ގޮންޖެހުންތަކާ އެކު ދިމާވާ ނޭދެވޭ އަސަރުތަކާ އެކު ވެސް ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށް، ސަސްޓެނިނެބިލިޓީ ކުރިއަރުވާ އަދި ރާއްޖޭގެ އިގްތިސޯދު ދެމެހެއްޓެނިވި ގޮތެއްގައި ކުރި ގެންދިޔުމާ ގުޅޭ މަޝްވަރާތައް ކުރުމެވެ.
މި ކޮންފަރެންސް ބޭއްވުމުގެ މަގުސަދަކީ:
ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކޮށް ދެމެހެއްތެނިވި ގޮތްތައް ކުރިއެރުވުން
މިހާރާއި ކުރިއަށް އޮތްތަނުގައި މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ އަސަރުތަކާ ކުރިމަތިލާއިރު ރާއްޖޭގެ އިގްތިސޯދާއި ތިމާވެށީގެ ނިޒާމުތަކުގެ ކެރުންތެރިކަން ކަށަވަރު ކުރުން
ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމާ ގުޅޭ ކޮންފަރެންސެއް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ