ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ (ޕިއެސް)ގެ މަގާމަށް ބޭފުޅަކު ހޯދުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ން މިއަދު ހުޅުވާލައިފި އެވެ.
ވީ ކިހިނެއް؟ - ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ކުރިން ހުންނެވި އިބްރާހިމް ފައިސަލް އެ މަގާމުން މިދިޔަ ހަފްތާގައި ވަނީ ވަކިކުރައްވާފަ އެވެ. އެއާ އެކު، ރައީސް މުއިއްޒު ވަނީ ކުރިން ވަކި މިނިސްޓްރީއެއްގެ ގޮތުގައި ހިންގަމުން އައި އެންވަޔަރަމަންޓް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީ އެއްކޮށްލައްވާފަ އެވެ. އެ މިނިސްޓްރީގެ ވަޒީރަކަށް އައްޔަން ކުރެއްވީ އެންވަޔަރަމަންޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ތޯރިގް އިބްރާހިމް އެވެ.
ތަފްސީލު - މި ބަދަލުތަކާ އެކު ދެ މިނިސްޓްރީގެ ޕީއެސްގެ މަގާމު ވެސް ވަނީ ގެއްލިފަ އެވެ. އަދި މިއަދު ސިއެސްސީން ވަނީ އެ މާގަމަށް ކުރިމަތިލުމަށް ހުޅުވާލާފަ އެވެ.
ސީއެސްސީން މިއަދު ކުރި އިއުލާންގައިވާ ގޮތުން:
ޕީއެސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައި ވަނީ، މި މަހު 11 ވަނަ ދުވަހު މެންދުރު ފަހު 2ގެ ނިޔަލަށް
މަގާމުގެ އަސާސީ ޝަރުތަކީ، ގައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް 7ގެ ސަނަދެއް ހާސިލުކޮށްފައިވުމާ އެކު، ހިންގުމުގެ ދާއިރާގައި މަދުވެގެން ހަ އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ލެވެލް 9ގެ ސަނަދެއް ހާސިލުކޮށްފައިވުމާ އެކު، ހިންގުމުގެ ދާއިރާގައި މަދުވެގެން ހަތަރު އަހަރުގެ ތަޖުރިބާ ލިބިފައިވުން
މަގާމުގެ އަސާސީ މުސާރައަކީ މަހަކު 20،500ރ.؛ ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 15،000ރ.އާ އެކު ޖުމްލަ 35،500ރ. ލިބޭނެ
ގާނޫނުގައިވާ ގޮތުން މި މަގާމަށް އައްޔަން ކުރާ މީހެއްގެ ދައުރަކީ ފަސް އަހަރެވެ.
ޓޫރިޒަމް މިނިސްޓްރީގެ ޕީއެސްގެ މަގާމަށް ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ