ދެ ސައިކަލު ޖެހި އެކްސިޑެންޓެއް، އަނިޔާވި މީހާއަށް އައިޖީއެމްއެޗްގައި ފަރުވާދެނީ

ބޮޑުތަކުރުފާނު މަގުގައި، މޭރީބްރައުން ކުރިމަތިން ދެ ސައިކަލުޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެ، އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފިއެވެ. ފުލުހުން ބުނީ މިއަދުގެ 17:25 ހާއިރު ބޮޑުތަކުރުފާނު މަގުގެ ދުވާ ޓުރެކް ސަރަހައްދުން އިރުން ހުޅަނގަށް ދަތުރު ކުރަމުންދިޔަ ދެ ސައިކަލު ޖެހި، އެކްސްިޑެންޓުވި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި މި އެކްސިޑެންޓުގައި އަނިޔާވި މީހާއަށް ފަރުވާ ދިނުމަށް ޓަކައި އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް އަނިޔާ ލިބުނީ ކޮން އުމުރެއްގެ ކާކަށް ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން ބުނީ މި މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަ ކަމަށެވެ. މިފަދަ އެކްސިޑެންޓްތަކަކީ ކާރުބާރު ބޮޑުވެފައިވާ މާލޭގައި ވަރަށް ގިނަވެފައިވާ މައްސަލައެކެވެ. އަދި އެކްސިޑެންޓުތަކުގައި މީހުންގެ ފުރާނައަށް ނުރައްކާވެ، ބޮޑެތި އަނިޔާ ވެސް ލިބިފައި އެބަހުއްޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ