ބްރޯޑްކޮމް ސާވާ މައްސަލަޖެހުން: ސުވާލު އުފެދޭ ކަމެއް ފާހަގަވެ، އައިޓީ އޮފިސަރު ސަސްޕެންޑުކޮށްފި
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ ސާވާތަކެއް ކުއްލިއަކަށް މައްސަލަ ޖެހުމާއެކު ސުވާލު އުފެދޭ ކަންތައްތަކެއް އެކަމުގައި ހުރުމުން އެ ކޮމިޝަނުގެ އައިޓީ އޮފިސަރު އަހްމަދު ފަޒީލް މިއަދު ސަސްޕެންޑުކޮށްފިއެވެ. ބްރޯޑްކޮމްގެ ސާވާއެއް މައްސަލަ ޖެހިގެން މިއަދު އެ ކޮމިޝަނުން ވަނީ ފުލުހުންގެ އެހީ ވެސް ހޯދައިފައެވެ. ފުލުހުން ބުނީ ބްރޯޑްކޮމުން އެދިގެން، އެ މައްސަލަ ހައްލުކޮށްދޭން ފުލުހުންގެ ޑިޖިޓަލް ޑާޓާ ޓީމެއް ކޮމިޝަނަށް ދިޔަ ކަމަށެވެ. އަދި ދިޔައީ މައްސަަލައެއްގެ ތަހުގީގަށް ނޫން ކަމަށް ވެސް ފުލުހުން ބުންޏެވެ. ނަމަވެސް "ސަން"އަށް އެނގިފައިވާ ގޮތުގައި އެ ކޮމިޝަނުގެ ސާވާއަށް ދިމާވެފައިވާ މައްސަލައާ ގުޅިގެން ފުލުހުން ކުރިއަށްގެންދެވި ތަހުލީލުން ވަނީ ސުވާލު އުފެދޭ ކަންތައްތަކެއް ފާހަގަވެފައެވެ. އެހެންވެ އެ ކޮމިޝަންގެ އައިޓީ އޮފިސަރު އަޙްމަދު ފަޒީލް މާދަމައިން ފެށިގެން އިދާރީ ގޮތުން ހަތް ދުވަހަށް ސަސްޕެންޑްކުރުމަށް ނިންމާފައިވާ ކަމަށް ވަނީ އެނގިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ