ހިތިއޮށު ތެޔޮ ނުވަތަ ނީމް އޮއިލްއަކީ ގަސްގަހާގެއްސަށް ޖެހޭ ބަލިތަކާއި ސޫފާސޫފި ކޮންޓްރޯލް ކުރުމަށް ބޭނުންކުރެވޭ ޤުދުރަތީ ބޭހެކެވެ. މި ތެޔޮ ނަގަނީ ހިތިއޮށު ގަހުގެ ފަތްތަކާއި އޮށްތަކުންނެވެ. މިއީ ގަސްގަހާގެއްސަށް ޖެހޭ ބަލިތަކާއި ސޫފާސޫފި ކޮންޓްރޯލް ކުރުމަށް އެތައް ސަތޭކަ އަހަރެއް ވަންދެން ބޭނުންކުރަމުން އަންނަ އެއްޗެކެވެ. މީގެ އިތުރުން، ދިރިއުޅުމުގައި ބޭނުންކުރާ ގިނަ ތަކެތީގައި ވެސް ހިތިއޮށު ތެޔޮ ހިމެނިފައިވެއެވެ. މިސާލަކަށް ކޮސްމެޓިކްސް، ދަތްއުނގުޅާ ބޭސް، ކުއްތާގެ ޝެމްޕޫ އަދި ސައިބޯނި ފަދަ ތަކެތި ހިމެނެއެވެ.
ހިތިއޮށު ތެޔޮ ތައްޔާރުކުރުމަކީ ފަސޭހަ ކަމެކެވެ. ހިތިއޮށު ތެޔޮ ނުވަތަ ނީމް އޮއިލް ތައްޔާރުކުރާނެ ގޮތް:
ބޭނުންވާ ތަކެތި
މޭޒުމަތީ ސަމުސާ ހިތި އޮށު ތެޔޮ
1. ސައި ސަމުސާ ދިޔާ ސައިބޯނި
1 ލީޓަރ ފެން
ބޭސް ތައްޔާރުކުރާނެ ގޮތް
ތައްޔާރީ ހިތިއޮށު ތެޔޮފުޅި އެއް ހޯދުމަކީ ޚަރަދާއި ވަގުތަށް ބަލާއިރު، ހިތިން ތެޔޮ ހޭނުމަށްވުރެ ރަނގަޅު ގޮތެކެވެ. ފަތްތަކުން ދިޔަ ބޯ ފަނިފަކުސާ އަދި ސޫފާސޫފި ކޮންޓްރޯލް ކުރުމަށް 1 ލީޓަރު ފެނަށް ތެޔޮ އެއް ކުރުމަށްފަހު، ދިޔާ ސައިބޯނި އެއްކޮށްލާނީއެވެ.
ބޭނުންކުރާނެ ގޮތް:
ބޭސް ތައްޔާރުކޮށްލުމަށްފަހު ހަވީރު ގަޑީގައި ބަލިޖެހިފައިވާ ގަސްތަކަށް ރަނގަޅަށް ސްޕްރޭ ކޮށްލާށެވެ. ގަހަށް ފަނިފަކްސާގެ އަސަރު ކުރުމުގެ ކުރިން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ދިޔާ ސައިބޯނި އެއް ނުކޮށް، ފެނާއި ހިތިއޮށު ތެޔޮ އެކަނިވެސް ސްޕްރޭ ކުރެވިދާނެއެވެ. ތެލާއި ފެނަކީ މިކްސް ނުކުރެވޭނެ އެއްޗެއް ކަމުން، ސްޕްރޭ ކުރުމުގައި ދޭތެރެއަކުން ބުންބާ ހަލުވާލަމުން ސްޕްރޭ ކުރުމުން މިކްސް ކުރަމުން ސްޕްރޭ ކުރަން ފަސޭހަވާނެއެވެ. ސްޕްރޭ ކުރުމުގައި އަބަދުވެސް 1 ގަހަށް ޖަހައި 24 ގަޑި އިރު އޭގެ ނޭދެވޭ އަސަރެއް ގަހަށް ކުރޭތޯ ބެލުމަށްފަހު މެނުވީ ހުރިހާ ގަހަކަށް ސްޕްރޭ ނުކުރުމަކީ ރަނގަޅު އާދައެކެވެ.
ހިތިއޮށު ތެޔޮގެ މުހިންމު އެއް ޚާއްޞިއްޔަތަކީ މިއީ ޤުދުރަތީ އަދި ތިމާވެއްޓާ ރައްޓެހި އެއްޗަކަށް ވުމެވެ. މިއީ ދިރޭތަކެއްޗަށް ގެއްލުން ނުދޭ އެއްޗެކެވެ. އެހެންކަމުން، ގޭބިސީގައި ގެންގުޅޭ ޖަނަވާރުތަކާއި، ދޫނިސޫފާސޫފި އަދި މަސްމަހާމެއްސަށް ގެއްލުމެއް ނުލިބޭނެއެވެ. މީގެ އިތުރުން، ވާރޭވެހި އަވިދޭ ހިނދު މި ބޭސް އަވަހަށް ނެތިގެން ދެއެވެ.
ހިތިއޮށު ތެޔޮއިން 200 އަށްވުރެ ގިނަ ބާވަތުގެ ސޫފާސޫފި ކޮންޓްރޯލް ކުރެވެއެވެ. މީގެ ތެރޭގައި އާންމުކޮށް ފެންނަ ފަނިފަކުސާގެ ބާވަތްތަކާއި، ފަތްކާ ސޫފާސޫފި ހިމެނެއެވެ. މިސާލަކަށް އެފިޑް، މައިޓް، ސްކޭލް، ލީފް ހޮޕަރ، ވައިޓް ފްލައި، ކެޓަޕިލަރ އަދި މީލީބަގް ފަދަ ސޫފާސޫފި ހިމެނެއެވެ. މި ބޭހުގެ މައިގަނޑު މާއްދާ ކަމުގައިވާ އަޒަޑިރަކްޓިން، ސޫފާސޫފީގެ ކާނާ ހޯދުމުގެ ނިޒާމަށް ހުރަސްއަޅައި، އެތަކެތީގެ ހޯމޯން ނިޒާމަށް ބަދަލު ގެނެސް، އަދި އެތަކެތި ނޭވާލުމަށް ދަތިކޮށް މަރުވާން މަޖުބޫރު ކުރުވައެވެ.
ހިތިއޮށު ތެޔޮގެ އަނެއް މުހިންމު ބޭނުމަކީ ގަސްގަހާގެއްސަށް ޖެހޭ ފަންގަސް ބަލިތައް ފަރުވާކުރުމެވެ. މިގޮތުން ޕައުޑަރީ މިލްޑިއު، ބްލެކް ސްޕޮޓް، ސްކެބް، ރަސްޓް، ލީފް ސްޕޮޓް، އެންތްރެކްނޯސް އަދި ޓިޕް ބްލައިޓް ފަދަ ބަލިތައް ފަރުވާކުރެވެއެވެ. މި ބަލިތައް ކޮންޓްރޯލް ކުރުމަށް، 7 އިން 14 ދުވަހުގެ މުއްދަތަކަށް ގަސްތަކަށް ސްޕްރޭ ކުރަންވާނެއެވެ. ބަލި ޖެހިފައިވާ ގަސްތަކަށް ހަފްތާއަކު އެއްފަހަރު ސްޕްރޭ ކުރުމަށްފަހު، ބަލި ރަނގަޅުވުމުން ދެ ހަފްތާއަކުން އެއްފަހަރު ސްޕްރޭ ކުރުމުން ބަލި އަލުން ޖެހުމުން ސަލާމަތްވެވޭނެއެވެ.
މިއީ ބެކްޓީރިއާއިން ޖެހޭ ބަލިތަކަށް ވކަށް ވެސް ފަރުވާކުރެވޭ އެއްޗެކެވެ. މިސާލަކަށް ފަޔަރ ބްލައިޓް ފަދަ ބަލިތައް ފަރުވާކުރެވެއެވެ. މި ބަލި ޖެހުމުން ގަހުގެ ފަތްތައް ރީނދޫވެ، އަންދާލާފައިވާ ފަދަ ސިފައެއް އާދެއެވެ. މި ބަލި ކޮންޓްރޯލް ކުރުމަށް، ގަސްތައް ނިދިފައި ހުންނަ މޫސުމުގައި ސްޕްރޭ ކުރަންވާނެއެވެ.
އާންމުކޮށް އޭޕަލް ގަސްތަކަށް ޖެހޭ ކޮޑްލިންގ މޯތް އަދި މީލް ވޯމް ފަދަ ސޫފާސޫފި ކޮންޓްރޯލް ކުރުމަށް މި ބޭސް ބޭނުންކުރެވެއެވެ. މި ބޭސް އެންމެ ފައިދާހުރި ގޮތުގައި ބޭނުންކުރުމަށް، މޭވާ ގަސްތަކުގައި މާފޮޅުމުގެ ކުރިން ސްޕްރޭ ކުރަންވާނެއެވެ. އަދި މާތައް ފައިބާ ދުވަސްވަރު އަދި އޭގެ ފަހުން ކޮންމެ ދެ ހަފްތާއަކުން އެއްފަހަރު ސްޕްރޭ ކުރަންވާނެއެވެ.
ޓޮމާޓޯ ހޯންވޯމް، ކޯން އިއަރވޯމް، އެފިޑް އަދި ވައިޓްފްލައި ފަދަ ސޫފާސޫފިން ތަރުކާރީ ގަސްތައް ސަލާމަތްކުރެވެއެވެ. އަދި މިލްޑިއު، ރަސްޓް، ލީފް ސްޕޮޓް، ވިލްޓް އަދި ސްޓެމް ރޮޓް ފަދަ ފަންގަސް ބަލިތަކުން ވެސް ތަރުކާރީ ގަސްތައް ރައްކާތެރިކުރެވެއެވެ. ތަރުކާރީ ގަސްތަކަށް މި ބޭސް ބޭނުންކުރާއިރު، ހަވީރު އަދި ހެނދުނު ގަޑީގައި ސްޕްރޭ ކުރުމަކީ މުހިންމު ކަމެކެވެ. މިގޮތަށް ކުރުމުން މާފޮޅުވުމަށް އެހީވާ މަދިރި ފަދަ ބޭނޭނުންތެރި ސޫފާސޫފި ރައްކާތެރިވެގެންދާނެއެވެ.
މިއީ މަދިރި ދުރުކުރުމަށް ވެސް ބޭނުންކުރެވޭ އެއްޗެކެވެ. ހިތިއޮށު ތެޔޮއަކީ ގަސްގަހާގެހީގެ ޤުދުރަތީ ރައްކާތެރިކަމަށް ވަރަށް މުހިންމު އެއްޗެކެވެ. މިއީ ތިމާވެއްޓާ ރައްޓެހި، ގިނަ ބާވަތުގެ ސޫފާސޫފި އަދި ބަލިތައް ކޮންޓްރޯލް ކުރެވޭ، އަދި ފަސޭހައިން ބޭނުންކުރެވޭ އެއްޗެކެވެ. ގޭބިސީގެ ބޭނުމަށް އަދި ދަނޑުވެރިކަމުގައި ވެސް މި ބޭސް ބޭނުންކޮށްގެން ގަސްގަހާގެހި ރައްކާތެރިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރިއެރުވިދާނެއެވެ.
ހިތިއޮށު ތެޔޮ/ ނީމް އޮއިލް: ގަސްތަކަށް ޖެހޭ ބަލިތަކުން ސަލާމަތްކޮށްދޭ ފަސޭހައިން ތައްޔާރުކޮށްލެވޭ ގަސްތަކުގެ އެކުވެރިއެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ