7 ކިލޯގެ ޑްރަގް ފެނުނު ބޭރު ބޯޓުގެ ކެޕްޓަންގެ ބަންދު އިތުރުކޮށްފި

އަމުރުގައިވާ ގޮތުން، އެ ބޯޓުގައި މަސްތުވާތަކެތި ހުރިކަން ނޭންގޭ ކަމަށް ނަސްވަން ބުނި ނަމަވެސް ގާޒީ އިބްރާހިމް އިހުސާން ނެރުއްވި އެ އަމުރުގައި ބަޔާންކޮށްފައި ވަނީ އެހެން ބުނިނަމަވެސް ކެޕްޓަންގެ ޒިންމާއިން ބަރީއަވެވެން ނެތް ކަމަށެވެ.
މިދިޔަ މާޗް މަހު ރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅުމުގެ ތުހުމަތުގައި އަތުލައިގެން "މުތާ ޑައިމަންޑް" ބޯޓުގެ ކެޕްޓަން ނަސްވަން އާދިލް (30އ)ގެ ބަންދަށް ކްރިމިނަލް ކޯޓުން އިތުރު 15 ދުވަސް ޖަހައިފި އެވެ.
މި ބޯޓުގައި ގާޓްގަނޑަކަށް ހަތް ކިލޯގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރި ކަމުގެ ތުހުމަތުގައި 10 ބިދޭސީން ހައްޔަރުކޮށްފައިވެ އެވެ. މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވާ މީހުންގެ ތެރޭގައި ކެޕްޓަން ހިމެނޭހެން އިންޑޮނޭޝިއާ ތިން މީހުންނާއި އިންޑިއާއަށް ނިސްބަތްވާ ފަސް މީހުން ހިމެނެ އެވެ.ބޯޓުގެ ކެޕްޓަން ނަސްވަން އާދިލްގެ ބަންދު އިތުރުކުރަން މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ އެ ބޯޓުން ފެނުނު މަސްތުވާތަކެތި ޓެޓްރާހައިޑްރޯކެނަބިނޯލް އަދި ކެނަބިނޯލްއަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެ ތަކެތީގެ ބަރުދަނުގައި 6.5 ކިލޯ ހުރި ކަމަށް ވެސް އަމުރުގައި ފާހަގަކޮށްފައިވެ އެވެ. ފުލުހުންނާ ހަވާލާދީ އަމުރުގައި ވަނީ، ނަސްވަން އަކީ ބޯޓުގެ ކެޕްޓަންކަމުން، ބޯޓަށް އެރުވޭ އެއްޗެހީގެ ޒިންމާ އެހެން ފަރާތަކުން ނުނަގާ ހާލަތުގައި އެކަމުގެ ޒިންމާ ކެޕްޓަން ނަގަން ޖެހޭނެ ކަމަށެވެ. މި މައްސަލައިގައި ތުހުމަތު ކުރެވޭ ބައެއް ފަރާތްތައް ދޫކޮށްލާފައިވާކަން ނަސްވަންގެ ފަރާތުން ކޯޓުގައި ފާހަގަކުރި ނަމަވެސް، ބޯޓުގެ ކެޕްޓަން ކަމަށްވާތީ ޒިންމާގެ ގޮތުން ފަރަގު ހުންނާނެކަން ބަލަން ޖެހޭނެ ކަމަށް އަމުރުގައިވެ އެވެ.
"ވަކިން ހާއްސަކޮށް މި ބޯޓުން ފެނުނު މަސްތުވާތަކެތީގެ ޒިންމާ އެހެން ފަރާތަކުން ނަގާފައި ނުވާއިރު، އަދި އެ ތަކެތި ބޯޓުގައި ތިބި އެހެން އެއްވެސް ފަރާތަކާ ގުޅުވައިދޭނެ ހެއްކެއް ނުވަތަ ގަރީނާއެއް ނަމަވެސް ލިބިފައި ނުވާއިރު، މި ފެނުނު މަސްތުވާތަކެތި ރާއްޖެ އެތެރެކޮށްފައި ވަނީ މީނާގެ ކެޕްޓަން ކަމުގައި ރާއްޖެ އައި ބޯޓަކުންކަން އެނގެން އޮވޭ،" އަމުރުގައިވެ އެވެ.އަމުރުގައިވާ ގޮތުން، އެ ބޯޓުގައި މަސްތުވާތަކެތި ހުރިކަން ނޭންގޭ ކަމަށް ނަސްވަން ބުނި ނަމަވެސް ގާޒީ އިބްރާހިމް އިހުސާން ނެރުއްވި އެ އަމުރުގައި ބަޔާންކޮށްފައި ވަނީ އޭނާ އެހެން ބުނި ނަމަވެސް ކެޕްޓަންގެ ޒިންމާއިން ބަރީއަވެވެން ނެތް ކަމަށެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ