ކުޑަކުދީން ހުށަހެޅި ޕިއްޒާ ބޯނާގެ، ޕިއްޒާ ކުރެހުންތަކުގެ ތެރެއިން އެންމެ ރީތި ކުރެހުންތައް ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒުގައި ދައްކާލަން ބަހައްޓައިފި އެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުގައި މި މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މައުރަޒުގައި ޕިއްޒާ ބޯނާގެ ކުރެހުންތައް ބަހައްޓާފައި ހުރީ ކްރިއޭޓިވް އިކޮނޮމީގެ ޓެންޓުންގަ އެވެ.
"ކުޑަކުދީންގެ ހުނަރުވެރި މަސައްކަތްތައް ގިނަ ބަޔަކަށް ފެނުން މުހިއްމު. އެހެންވެ އަޅުގަނޑުމެން މައުރަޒުގައި ވޯލެއް ބެހެއްޓީ،" ޕިއްޒާ ބޯނާގެ އޮފިޝަލަކު ބުންޏެވެ.
މި އަހަރުގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ޕިއްޒާ ބޯނާއިން ކުރިއަށް ގެންދިޔަ ކުރެހުމުގެ ހަރަކާތުގައި ކުރެހުން ހުށަހަޅައިގެން 600 އަށް ވުރެ ގިނަ ޕިއްޒާ ވައުޗަރު ދޫކޮށްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
ކުޑަކުދިންގެ ދުވަހަށް ޕިއްޒާ ބޯނާއިން ހުޅުވާލީ އެތަނުގެ މެނޫއިން އެންމެ ގަޔާވާ ޕިއްޒާ ކުރެހުމަށެވެ. އޭގެ ކޮންމެ ހުށަހެޅުމަކަށް ވަގުތުން ޕިއްޒާ ވައުޗަރަކާއި ސްޓިކާ ޕެކެއް ދިނެވެ.
މިދިޔަ އަހަރު ވެސް ޕިއްޒާ ބޯނާއިން ވަނީ ކުޑަކުދިންނަށް 500 އެއްހާ ޕިއްޒާ ހިލޭ ދީފަ އެވެ.
ޕިއްޒާ ބޯނާއަށް ހުށަހެޅި ކުޑަކުދީންގެ ކުރެހުންތައް މައުރަޒުގައި ދައްކާލަނީ ޕިއްޒާ ބޯނާއަށް ހުށަހެޅި ކުޑަކުދީންގެ ކުރެހުންތައް މައުރަޒުގައި ދައްކާލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ