އެކުވެރިން ފޮރުވަންދޭ އެއްޗެތި އެއީ އަމާނާތެކެވެ. އެއީ ގަހަނާއެއް ކަމަސްވީނަމަވެސް ނުވަތަ އެހެން އެއްޗެއް ކަމަށްވީނަމަވެސްމެއެވެ. ވީމާ އެކުވެރިޔާއަށް ނުއެނގި އެއެއްޗެއްގެ ބޭނުން ކުރުންވާނީ އަމާނާތަށް ޚިޔާނާތްތެރިވުމަށެވެ. އަދި ކިތަންމެ ޣާތް އެކުވެރިއެއްގެ އެއްޗެއް ނަމަވެސް އޭނާއަށް ސިއްރުން ގެންދިއުން ވާނީ ކުރެވޭ ވައްކަމަކަށެވެ.
ނަމަވެސް ބައެއް މީހުން އެކަންކަމަށް ވިސްނައެއް ނުލައެވެ. އެއީ މާބޮޑުކަމެއް ކަމަށް ނުދެކި އެފަދަ ކަންކަން ކުރެއެވެ.
އެހެންކަމުން އެކަމުގެ ޙުކުމް ބަޔާންކޮށްލާނަމެވެ. އިން ޝާ ﷲ
މީހެއްގެ އެއްޗެއް ވަގަށް ބޭނުން ކުރުމަކީ ކުށެކެވެ. އެހެންކަމުން އެކަމަށް ތައުބާވާން ޖެހޭނެއެވެ.
މީހެއްގެ އެއްޗެއް ވަގަށް ބޭނުންކުރަނިކޮށް ހަލާކުވެއްޖެނަމަ އޭގެ ބަދަލު ދޭން ޖެހޭނެއެވެ. ބަދަލު ދެވޭނެ ފެންވަރު ތިމާގެ ކިބާގައި ނެތްނަމަ އެތީގެ ވެރިފަރާތާއި ވާހަކަ ދައްކައިގެން ޙައްލަކަށް އަންނަންވާނެއެވެ.
واللهتعالىأعلم.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
ކިތަންމެ ގާތް އެކުވެރިއެއްގެ އެއްޗެއްނަމަވެސް އޭނާއަށް ސިއްރުން ބޭނުންކުރުމަކީ ވައްކަމެކެވެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ