ކުށްވެރިޔާ 54
"ގިނަގިނައިން ޒިކުރުކުރުމުން ހިތާމަތައް ފިލާ ހިތަށް ހަމަޖެހުން ގެނެސްދޭނެއެވެ." *** "އަހެދް....އަހެދް..." އަހެދް އެއްޗެއް ނުބުނެ އިނުމުން އޭނަ އަތުގައި ކޮށްޓާލިއެވެ. އަހެދް ގެ މޫނުމަތިވީ ރަތްވެފައެވެ. އޭނަ މުރުތަސިމްއަށް ބަލައިލުމަށްފަހު ކާރުން ފޭބިއެވެ. ހައިވޭއިގެ މެދަށެވެ. "އަހެދް....ޕިސް ވަޓްސް ރޯންގް ވިތް ދިސް ގާލް...." ކާރުތައް ބަރުގޮނު އަޅަމުން ދިޔައިރު މުރުތަސިމް އަށް ކާރު އެތާ ބާއްވާފައިވެސް ދެވެން ނެތެވެ. މުޅިތާ ހާރަން ޖައްސާ އަޑު ގަދަވިއެވެ. ނަމަވެސް މުރުތަސިމް އަށް އަހެދް ހައިވޭއި މަތީގައި އެކަނި ދޫކޮށްލާފައި ދާކަށް ނުކުރުނެވެ. އޭނަގެ ހިތް ބާރު ބާރަށް ތެޅެމުން ދިޔައެވެ. ވަރަށް އުނދަގުލުން ކާރު ކައިރި ކުރެވުނީ ބްރިޖްގެ ހިނގާފަޅީގެ ކައިރިޔަށެވެ. އަހެދް އެތާ ހުއްޓިލައިގެން ހުރީ މޫދާއި ދިމާލަށް ބަލަހައްޓައިގެންނެވެ. ފިނި ވައި މޫނުގައި ބީހެމުން ދިޔައެވެ. " އަހެދް....ވަޓްސް ރޯންގް ވިތް ޔޫ..." މުރުތަސިމް ކާރުން ފައިބައި ސުވާލުކުރިއެވެ. އޭނަ އަޑު އިވޭ ކަމަށްވެސް ނަހަދައެވެ. ޓްރެފިކް ފުލުހުންގެ ކެމެރާތަކަށް މި މަންޒަރު އެރިއެވެ. ގަވާއިދާއި ހިލާފަށް ކާރު މަޑުކޮށްގެން މުރުތަސިމް ހުރުމުން އެމީހުން ކައިރިވިއެވެ. " މިއީ ހައިވޭއި އެއްކަން ނޭނގެނީތަ؟...ތިހެން ޕާކް ކޮށްގެން މަގު ބަންދުކޮށްގެން ނުހުރެވޭނެ..." ފުލުހަކު މުރުތަސިމް އާއި ވާހަކަ ދެއްކީ ވަރަށް ރުންކުރު ގޮތަކަށެވެ. " އަހެދް...ލެޓްސް ގޯ....ނޫނީ ވީ ވިލް ބޯތް އެންޑް އަޕް އިން ޖެއިލް....ޖަސްޓް ލެޓްސް ގޯ...." އޭނަ އަހެދް އަށް އާދޭސްކުރަމުން ދިޔައެވެ. އެވަގުތު ޕޮލިސް މީހާ އަހެދް ކުރެން މުރުތަސިމް އެނގޭހެއްޔޭ އެހިއެވެ. "ނޭނގޭ....ނުދަންނަމު...ފަހަތު އަޅުވައިގެން އުޅެނީ...އެހެންނޫނަސް އަހަރެން ނެތިން ގަވާއިދާއި ހިލާފަށް....މިއީ ބްރިޖްގެ ހިނގާފަޅި އެއްނު...." އަހެދް މޫނު އަނބުރާލަމުން އޮފިސަރާއި ވާހަކ ދެއްކިއެވެ. އެވަގުތު އޭނަ ގެ އަތް މުށްކަވާލެވުނެވެ. "އަހެދް...އިނަފް..."އޭނައަށް ބުނެލެވުނެވެ. އެވަގުތު އޮފިސަރު ދެން ތިބި އޮފިސަރުންނަށް ވެސް ގޮވާލިއެވެ. މުރުތަސިްމ އަކީ އަންހެންކުދިންނާއި ފޮށޭ މީހެއްކަމުގައި އެމީހުން ދެކުނެވެ. " އަހެދް...ދިސް ވޯންޓް އެނޑް ވެލް....މަންމަ މެންނަށް އެނގިއްޖެއްޔާ އިޓް ވިލް ރިއަލި ބީ ބޭޑް....ޔޫ ހޭޑް ޔޯ ފަން...އިޓްސް އިނަފް...ހިނގާ ދާން..." އޭނަ ދަތް ކުނޑިވިކާފައި ވާހަކަ ދެއްކިއެވެ. އެވަގުތު އަހެދް އަށް ހެވުނެވެ. އޭނަގެ މޫނު މަތީން ފެނުނު ހާސް ކަމާއި އަދި އެގޮތަށް އާދޭސްކުރުމުން ހިތް ހަމަޖެހުނީއެވެ. އޮފިސަރުން މުރުތަސިމް ވަށާލުމާއެކު އަހެދް އަވަހަށް ބުނެލިއެވެ. "ސޮރީ އޮފިސާ...އައި ނޯ ހިމް..."އަހެދް ބުނެލިއެވެ. އެވަގުތު އެތަނުން އެއް އޮފިސަރެއް އަހެދް އަށް ބަލާލީ ވަރަށް އެހެން ކަހަލަ ނަޒަރަކުންނެވެ. ބޮލުން ފެށިގެން ފަޔާއި ހަމަޔަށް ބަލާލިއެވެ. އަދި ދެން އިން އޮފިސާ އަށް ލޮލުގެ އިޝާރަތުން ބުމަ އަރުވާލިއެވެ. އެ އެންމެންވެސް ބޯ ޖަހާލައި ހީލިއެވެ. އަހެދް ގެ ރިތިކަމަށް ތަޢުރީފެކެވެ. މުރުތަސިމް އަށް އެ މަންޒަރު ބަލަން އުނދަގޫ ކުރުވިއެވެ. " ޔަގީންތަ؟...ކޮން ނަމެއް ކިޔަނީ؟...ހާދަ ހީނުވެއޭ އެނގޭ ހެނެއް...އެހެން ނޫނަސް ތިކަހަލަ ރިތި ކުދީން ފަހަތު އަޅުވާނެ ބައިވަރު މީހުން...ބިރުނުގަނެ ތެދު ބުނެލަންވާނެ..." އެ އޮފިސަރު ރެއިލިންގ އާއި ކައިރިއަށް ޖެހިލިއެވެ. އަހެދް ގެ މޫނުން އޭނާގެ ނަޒަރު ވަކި ނުކުރެއެވެ. އަހެދްއަށް އުނދަގޫ އިހުސާސެއް ކުރެވުނެވެ. " ޝީ އިޒް މައި ވައިފް...ތި ވާހަކަ ދައްކަނީ އަހަރެންގެ އަންހެނުންނާ...ބޭނުމިއްޔާ ކައިވެނީގެ ކާޑުވެސް ދީފާނަން..." އޭނަ އެ އޮފިސަރުގެ އަތުގައި ހިފައި ބާރުކޮށްލިއެވެ. އޭނަ ބަލާލި ގޮތުން ހީވީ އޭނަގެ ގައިގައި ތަޅައިގަންނަން ހަމަ ތައްޔާރަށް ހުރީހެންނެވެ. "އެ ތެދެއްތަ؟" އޮފިސަރު އަހަލީ އަހެދް ކުރެންނެވެ. އަހެދް ބޯ ޖަހާލިއެވެ. ރަކިވެފައި އިސްފުލާ ބަލައިލަންވެސް ނުކެރިފައެވެ. " ދުއްވާ މީހުންނަށް ކިހާ ބޮޑު ޓްރެފިކް އެއް މިޖެހުނީ....ޔޫ ހޭވް ނޯ އަދާ ޗޮއިސް ބަޓް ޓު ކަމް ވިތް އަސް ޓު ސްޓޭޝަން..." އޮފިސަރު ރުޅި ގަދަވިއެވެ. އަދި މުރުތަސިމްގެ އަތް ފޮޅުވާލިއެވެ. " ސްޓޭޝަންއަށް ނުގެންދިޔަ ޔަސް ދޭންވާ ފައިން ގެ އެމައުންޓ ބުނެލާ...." މުރުތަސިމް އަމުރުވެރި ރާގެއްގައި ބުނެލިއެވެ. " ކަލޭ މާ ވައްތަރު ބޮޑު ނުކުރައްޗޭ....އަހަރުމެންނަށް އެނގޭނީ ކުރަން ޖެހޭ ކަންތައް..." އެތަނުން އޮފިސަރަކު މޭ ފުއްޕާލިއެވެ. އެވަގުތު މުރުތަސިމް އޭނާގެ ވޮލެޓް ނެގިއެވ. ވޮލެޓް ގައި ހުރީ ޑޮލަރެވެ. "ކިތައް ޑޮލަރު؟" މުރުތަސިމް އަހާލީ އެ އޮފިސަރުންގެ މޫނު ވަގުތުން ބަދަލުވާނެ ކަން އެނގިގެންނެވެ. ވީ ވެސް އެހންނެވެ. ފައިސާ އަށް ދަހިވެތިވެފައި ތިބި ވަރު އެމީހުންގެ މޫނު މަތިން ހާމަ ވިއެވެ. އޮފިސަރަށް ވާހަކ ނުދެއްކެނިސް އޭނާގެ އަތށް ވޮލެޓުން ނަގައި ދެވުނީ ކިހާވަރެއް ކަމެއް ވެސް ބަލައިނުލައެވެ. އަދި އަހެދް ގެ އަތުގައިި ހިފައި ބާރުކޮށްލިއެވެ. އޭނަ އަމުރުކުރީ ކާރަށް އެރުމަށެވެ. " ގެޓް އިން އަހެދް...." އަހެދް ހުއްޓިފައި ހުރުމުން އަހެދް ގެ އަތުގައި ހިފައި ކާރަށް ލައި ދޮރު ބާރަށް ލައްޕާލިއެވެ. އަދި އޭނަ ކާރަށް އަރައި ދުއްވާލިއެވެ. ބާރަށެވެ. މިސްރާބު ހުރީވެސް ގެޔާއި ދުރަށެވެ. "ޕުޓް ޔޯ ސީޓް ބެލްޓް..." މުރުތަސިމް އަމުރުކުރިއެވެ. އަހެދް އިނީ ބިރުގެންފައެވެ. އަނެއްކާ މުރުތަސިްމ އޭނާއަށް ކޮށްލާނީ ކިހާވަރެއް ކަމެއްވެސް ނޭނގެއެވެ. އޭނަ ގެ ދޮން މޫނު ވަނި މުޅިން ރަތްވެފައެވެ. އަތުގެ ނާރުތަކަށް ބާރުއަރާފައެވެ. އެ ލޮލުގައިވީ ކަޅީގެ ކުލަ ގަދަވެފައިވިއެވެ. ކާރުގެ ދުވެލި ވަރަށް ބާރެވެ. ސިޓީއިން ބޭރުވެފައި އޭނަ ކާރުގެ ބުރަކި ޖެއްސިއެވެ. ސީޓް ބެލްޓް ނާޅާ ހުރިނަމަ އަނިޔާއެއް ވާނެހާވެސް ބާރަށެވެ. " ގެޓް އައުޓް....ގެޓް އައުޓް....މިބުނީ ނު ނިކުންނާށޭ...." މުރުތަސިމް މޫނު އަނބުރާލީ އަހެދް އަށެވެ. އަހެދް ގެ ތުންފަތް ތުރުތުރު އަޅާލިއެވެ. ހިނދުރުވައިލަންވެސް ނުކެރިފައި ހުރެވުނެވެ. "ބަޓް ވެއާ ވިލް އައި ގޯ..." އަހެދް އަހާޅިއެވެ. އަޑުމަޑުވެފައެވެ. މުޅި ހިސާބު ހޯދަިއ ބަލާލިއެވެ. އެއވެސް މީހެއްގެ ހިލަމެއް ނެތވެ. މުޅި ހިސާބު އޮތި ފެހިކަން ގަދަކޮށެވެ. އަހެދް ނުފައިބައި ހުރުމުން އޭނަ ކާރުން ފައިބައި އަހެދް އިން ފަޅީގެ ދޮރު ހުޅުވައި ސީޓު ބެލްޓް ވެސް ނެއްޓިއެވެ. އެވަގުތު އަހެދް ގެ ހިތުގެ ތެޅުން އިވުނެވެ. ބާރެވެ. ހިނދުކޮޅަކަށް ދެމީހުން ކައިރިވެލި ހިނދު ހޫނު އިހުސާސެއް ކުރެވުނެވެ. އަހެދް ގެ ލޮލުގައިވީ މަޑު މުށިކުލަ ކައިރިން ބަލައިލާ ހިނދު އަޖާއިބުވާހަ ރީއްޗެވެ. އަހެދް ގެ ފިޔާތޮށި ތުންފަތުގެ ކުލަ ގަދަވެފައިވިއެވެ. މުރުތަސިމް ގެ ލޯ ހުއްޓުނީ އެ ތުންފަތަށެވެ. ސީޓުް ބެލްޓް ނެއްޓުނު އަޑު ކިޔެވެ. އެވަގުތު އަހެދް ގެ އަތުގައި ހިފިއެވެ. ފިނިވެ ގަނޑުވެފައެވެ. ދަމާ ކާރުން ނެރުނު ކަހަލައެވެ. "ގޯ....ދުވާނެ ވަރަކަށް ދުވޭ..." އޭނަ އަހެދްގެ އަތުގައި ހިފައި ނެރެ އަތް ވިއްލާލިއެވެ. އެވަގުތު އަހެދް ގެ ބުރުގާގެ ޕިންވެސް ނެއްޓުނެވެ. ވައި ގަދަވެފައިވީއރު ބުރުގާ ވަޔާއެކު އުދުހިގެން ނުދިޔައީ ހަމަ ކިރިޔާއެވެ. ރަން ކުލައިގެ އިސްތަށިގަނޑު ވަޔާއި ވިހުރެމުން މޫނަށް ގޯނާ ކުރަމުން ދިޔައެވެ. "ދެން ދުވެބަލަ...ރަން...ކީއްވެ ހުއްޓިފަ؟.ވަޓް ހެޕެންޑް...ފައި ހަރުލީތަ ބިމުގަ؟" މުރުތަސިމް ލޮލުން އަވި އައިނު ނެގިއެވެ. އަހެދް ގެ މުޅި މޫނު ވީ ފިޔާތޮށިވެފައެވެ. އެއް އަތުން ބުރުގާ ހިފަހައްޓަން މަސައްކަތް ކުރިއެވެ. އޭރު އުޑުމަތީގެ ވިލާތައް ވެސް ބޯ ކޮށލައިފިއެވެ. ގަދަ ވަޔާއެކު ހިމަ ފޮދު ވާރޭ ވެހެންފެށިއެވެ. މުރުތަސިމް އަށް ވެސް ލިބުނީ ސިހުމެކެވެ. ދެމީހުްނވެސް ކާރަށް އަރަން ދުއްވައިގަތެވެ. "ވަޓް ލޮކްޑް...." މުރުތަސިމް ދޮރު ހުޅުވަން މަސައްކަތް ކޮށް ކޮށް ނުހުޅުވުނެވެ. އަހެދް އަށް ހެވުނެވެ. " ވަޓްސް ސޯ ފަނީ...ވީ އާ ސްޓަކް ހިއާ...މިތާ ރޭންޖް ވެސް ލިބޭނެ ހެންނެއް ހިޔެއްނުވޭ...." މުރުތަސިމް ފޯނު ބަލައިލިއެވެ. ފޯނުގައިވެސް ވީ ވަރަށް ކުޑަ ޗާޖުކޮޅެކެވެ. "މަޖާ ދޯ....ދިސް އިޒް އޯލް ޔޮ ފޯލްޓް..."މުރުތަސިމް ބުނެލިއެވެ. އަހެދް އަށް ވާރެއިން ލިބުނީ ހިންހަމަޖެހުމެކެވެ. ހިތުގަިއ ވި ހާސްކަންވެސް އެއްކޮށް ފިލާދިޔައެވެ. އެ ސަރަހައްދުގެ ފެހި ކަމާއި އަދި މަގު ހުސްވެފައި އޮތުމުން ވަރަށް އަމާނެވެ. ބުރުގާއިން އަތް ދޫކޮށްލުމުން މުޅި އިސްތަށިގަނޑުހާމަވިއެވެ. އަދި އުޑުން ވެހެންމުްނ ދިޔަ ވާރެއަށް މޫނު ދިއްކޮށްލިއެވެ. "ސޯ ބިއުޓިފުލް....ދިސް ރެއިން...ދަ ސްމެލް...އިޓްސް ސޯ ޕީސްފުލް..." އަހެދް ލޯ މަރާލިއެވެ. މޫނަށް ގޯނާ ކުރަމުން ދިޔަ ފެން ތިކިތައް އެ މޫނުގެ ދޮން ކަން އިތުރަށް ތާޒާ ކުރުވިއެވެ. މުރުތަސިމްއަށް އެ މަންޒަރު ބަލާލަން ހުރެވުނީ އާޝޯޚުވެފައެވ. އަހެދްގެ މާސޫމުކަން ފެންނަ ކޮންމެ ފަހަރަކު މުރުތަސިމް ހިތް ޝައްކުން ފުރުވައެވެ. ނަފްރަތު ކުރާން ހިތް އެދުނަސް ބައެއް ފަހަރު އަހެދް އާއި މެދު އޭނާއަށް ކުށްހީ ކުރެވެޔޭ އެތަށް ހާސް ފަހަރު ހިތް ބުނެލައެވެ. އަހެދް އަށް އެހެން މީހަކު ބަލާލަާ ކޮންމެ ފަހަރު އޭނާގެ ލޭ ކެކެއެވެ. ބައެއް ފަހަރު އަހެދް އޭނާގެ އަތުތެރޭ ފޮރުވާލައި ރައްކާތެރިކުން ހިތް އެދެވެއެވެ. "ހައު އާ ޔޫ ލައިކް ދިސް...." މުރުތަސިމް ލޯ ހިމަ ކޮށްލިއެވެ. އަހެދް ބައެއް ފަހަރު ހީވަނީ ކުޑަކުއްޖެއް ހެންނެވެ. " ކިހިނެއްވީ؟ ޖެލަސް މަޗް؟....އައިމް ޖަސްޓް އެންޖޯއިން ދަ ރެއިން...ބީން ސޯ ލޯންގް އައި ފެލްޓް ދިސް...." އަހެދް ލޯ މަރާލިއެވެ. ވާރޭގެ ހިމޭން އަޑުތެރޭ ނަށާލަން ބޭނުންވިއެވެ. މުރުތަސިމް ހުއްޓުނީ އަހެދް ކުރިމަތީއެވެ. އަހެދް ގެ ނިއުޅިފައި އޮތް އިސްތަށިގަނޑު ބުރުގާއިން ނިވާ ކޮށްދޭން ބޭނުންވިއެވެ. އެހެން މީހަކަށް އެ މަންޒަރު އެގޮތުގައި ފެންނަން ހިތް ނޭދުނެވެ. އޭނަ ކައިރިއަށް އައިވަގުތު އަހެދް ގެ މޫނުގައިވީ ސާފު ކަމާއި ލޯބިކަން އިތުރުވިއެވެ. ލޯ މަރާލަިއގެން ހުރި އިރު އެސްފިޔަތަކުގެ ދިގުކަން އިތުރަށް ފާލުވެއެވެ. އޮމާން ފިޔާތޮށި ކުލަ ކޯތާފަތަށް ހިޔަނި އަޅާފައެވެ. ރަން އިސްތަށިކޮޅު ކޯތާފަތުގައި ވިދާލަމުން ދިޔައެވެ. ވާރޭ ތިކިތައް އެ މޫނު މަތީ ބަބުޅަމުން ދިޔައީ މުތީތަކެއް ފަދައިންނެވެ.އެ އިސްތަށިކޮޅު ނެގުމަށް އަތް ދިއްކޮށްލެވުނީ ބޭއިޚުތިޔާރުގައެވެ. ލޯ މަރާލަިއގެން ހުރި އަހެދް ގެ ލޮލުން ކަރުނަ ހިލުނެވެ. ވާރެޔާއެކު އެ ހޫނު ކަރުނައެކުވިއެވެ. މުރުތަސިމް އެ އިސްތަށިކޮޅު އެއްކައިރިކޮށްލަން މޫނުގައި ބިހިލި ވަގުތު އެހޫނު ކަރުނަ އިހުސާސްކުރެވުނެވެ. އަހެދް އަށް ލޯ ހުޅުވުނެވެ. މަޑު މުށި ކަޅީގައިވި ފުން ރިހުމެކެވެ. އެއީ ކިޔާލަން ފަސޭހަ ހިތެއް ނުނެވެ. އެންމެ އަޑީގައި ވަރަށް ސިއްރުވެރިކަމެއް ހުރެއެވެ. މުރުތަސިމްއަށް އެ ލޮލުގައި ވީ ރިހުން އިހުސާސްކުރެވުނެވެ. އަހެދް ގެ ހިތް ހުޅުވާލަނީ މަދު ފަހަރެއްގައެވެ. އެ ހިތުގެ އުދާސްތައް ފެންނަނީ މަދު ފަހަރެއްގައެވ.ެ މުރުތަސިމް އަށް އެ ކަރުނައިގެ ސަބަބު އެގެން ހިތް އެދުނެވެ. އަހެދް އޭނައަށް ހުރިހާ ވާހަކައެއް ކިޔައިދޭން ހިތް އެދެވުނެވެ. ނުނިމޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ