މޯލްޑިވްސް މެރިން އެކްސްޕޯގައި މެރިން ވައިބުގެ ސްޓޯލަށް ޒިޔާރަތް ކޮށްގެން ހޮންޑާ މެރިންގެ 15 ހޯސްޕަވަރުގެ އައުޓްބޯޑް އިންޖީނެއް ހޯދުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
މެރިން ވައިބުން ބުނީ ހޮންޑާ މެރިންގެ ސްޓޯލަށް ޒިޔާރަތް ކޮށްގެން ކޫޕަނެއް ފުރައިގެން ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށާއި ޕްރޮމޯޝަން ކުރިއަށްދާނީ އާދީއްތަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
ހޮންޑާ މެރިންގެ ރާއްޖޭގެ އޮފިޝަލް ޑިސްޓްރިބިއުޓާ މެރިން ވައިބުގެ ޗީފް އިންޖިނިއަރު އިސްމާއިލް މުހައްމަދު "އަދަދު" އަށް ވިދާޅުވީ އެކްސްޕޯގައި ހޮންޑާ މެރިންގެ ހުރިހާ ޕްރޮޑަކްޓެއްގެ ލައިންއަޕް ފެންނަން ހުންނާނެ ކަމަށާއި ޕްރޮޑަކްޓްތަކާ ބެހޭ މައުލޫމާތު ވެސް ލިބޭނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ހުރިހާ ޕްރޮޑަކްޓެއްގެ ލައިންއަޕެއް ފެންނާނެ. ހާއްސަކޮށް ދިވެހިރާއްޖޭގައި މިހާރު އެންމެ މަގުބޫލުވަމުން މިއަންނަ 350hp V8 އައުޓްބޯޑު. އެއީ މިހާރު ވެސް ޑިމާންޑާ އެއްވަރަށް ސަޕްލައި ނުކުރެވިފައި އޮންނަ ޕްރޮޑަކްޓެއް. ހާއްސަ އިންޖީނުތައް ފެނިގެންދާނެ ލޯންޗުގައި އަޅާފައި ހުންނަ އިންޖީނުތަކާ އެއްކޮށް،" އޭނާ ވިދާޅުވި އެވެ.
ހޮންޑާ މެރިން އިންޖީނުގެ ތެޔޮ ހަރަދު ކުޑަ ކަމަށްވާއިރު، އެ އިންޖީނުގައި ގިއަރު ބޮކްސް ވަރުގަދަ އެވެ. އަދި އެ އިންޖީނަކީ ލޮނަށް ނުގިރޭ އިންޖީނެކެވެ. ފާއިތުވެދިޔަ ތިން އަހަރު މެރިން ވައިބުން ވަނީ 700 އަށްވުރެ ގިނަ އިންޖީނު ވިއްކާފަ އެވެ.
މެރިން ވައިބުގެ ޝޯރޫމްތައް ހުންނަނީ އޯކިޑު މަގުގަ އެވެ. އަދި ސާވިސް ސެންޓަރު ހުންނަނީ މުރަނގަ މަގުގައި އެވެ.
މެރިން އެކްސްޕޯގައި ހޮންޑާ މެރިންގައި 15 ހޯސްޕަވަރުގެ އިންޖީނެއް ހޯދުމުގެ ފުރުސަތު މެރިން އެކްސްޕޯގައި ހޮންޑާ މެރިންގައި 15 ހޯސްޕަވަރުގެ އިންޖީނެއް ހޯދުމުގެ ފުރުސަތު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ