މަސްތުވާތަކެއްޗަށް ޚާއްސަކޮށް ހިންގި އޮޕަރޭޝަންތަކުން ފުވައްމުލައް ސިޓީގައި އޮންނަ މަސްތުވާތަކެތީގެ ނެޓްވޯކުތައް މިދިޔަ އަހަރު ތެރޭގައި އެއްކޮށްހެން ނައްތާލެވިފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިރޭ ވިދާޅުވެެއްޖެއެވެ
‘ރިޔާސީ ބަޔާން 2025 ފޯރަމް’ ގައި މިނިސްޓަރު އިހުސާން ވިދާޅުވީ، އަތޮޅުތަކަށް ޚާއްސަކޮށް، މަސްތުވާތަކެތީގެ އޮޕަރޭޝަންތައް ހިންގަމުން އަންނަ ކަމަށާއި އެކަމުގެ ބޭނުމަކީ ހުރިހާ ޑުރަގު ނެޓުވޯކުތަކެއް ނައްތާލުން ކަމަށެވެ.
“މި ސަރުކާރާ ރައީސް މުޢިއްޒު ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ ހާލަތު އޮތްގޮތް ކޮންމެ ރައްޔިތަކަށްވެސް އެނގިވަޑައިގަންނަވާނެ . ޑްރަގުގެ ވަބާ އޭގެ ޒާތުގައި ފެތުރި އޭގެ އަސަރުނެތް އެއްވެސް އާއިލާއެއް ރާއްޖޭގައި ނެތް” ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ފުލުހުންނާއި ކަސްޓަމްސްއާ އެކުވާ ޓާސްކްފޯހަކުން ‘އިންޓެލިޖެންސް ބޭސްކޮށް’ މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއް ހިންގަމުން އަންނަ ކަމަށާއި އެގޮތުން، އަތޮޅުތަކަށް ޚާއްސަކޮށް، މަސްތުވާތަކެތީގެ އޮޕަރޭޝަންތައް ހިންގަމުން އަންނަ ކަމަށެވެ. އަދި އެކަމުގެ ބޭނުމަކީ ހުރިހާ ޑުރަގު ނެޓުވޯކުތަކެއް ނައްތާލުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
ފުވައްމުލަކުގެ ޑުރަގުގެ މައްސަލައަށް އަލިއަޅުވާލައްވަވަމުން ވަޒީރު އިޙްސާން ވިދާޅުވީ އެ ސިޓީގައި ޑުރަގު ކެފޭއެއްގެ ގޮތުގައި ހަދައިގެން މަސްތުވާތަކެތި ދެމުން ދިޔަ ތަންތަން ހުއްޓުވާފައިވާ ކަމަށާއި އެ ވިޔަފާރި އެންމެ އިސްކޮށް ކުރަމުން އައި މީހުން މަނީ ލޯންޑަރިންގެ ކުށުގައި ހައްޔަރުކޮށް، ގާނޫނުގައި ދެވެން އޮތް އެންމެ ހަރުކަށި އަދަބު މިހާރު ދެމުން އަންނަ ކަމަށެވެ.
ގއ އަތޮޅު ހޮސްޕިޓަލް ކައިރީ އެރަށު ރައްޔިތުން މިއަދު އިހުތިޖާޖު ކުރަނީ މަންމައާއި ދަރިފުޅު މަރުވި މައްސަލަ ބަލައިދޭން އެމްޑީޕީ އިން އެދިއްޖެ އެކަކު އަނެކަކަށް މަލާމާތްކުރުމާއި، ފުރައްސާރަކުރުން މާތްﷲ ވަނީ މަނާކުރައްވާފައި- ޚުތުބާ އައްޑޫ ރައްޔިތުންގެ ކިބައ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ