މޫސުމުގެ ބާރުގަދަވެ، މާލޭން އުތުރަށް ކަނޑުތައް ގަދަ ވެއްޖެ

ހުޅަނގު މޫސުމުގެ ބާރުގަދަކޮށްލައި، ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން މިއަދު ބުނެފި އެވެ.މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ، ކުރިއަށް އޮތް ތިން ދުވަހު ހުޅަނގު މޫސުމުގެ ބާރުގަދަވާނެ ކަމަށް ބެލެވޭތީ ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެގޮތުން، މި ވިއްސާރައިގައި ޚާއްސަކޮށް، މެދުރާއްޖެތެރެ އާއި އުތުރުގެ އަތޮޅުތަކަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ.އެ އިދާރާއިން ވަނީ، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.މޫސުން ގޯސްވާ ދުވަސްވަރު، ކަނޑު ދަތުރުކުރުމުގެ ކުރިން މެޓު އޮފީހުން ނެރޭ އެލާޓުތަކަށް ސަމާލުވުމަށް އެ އިދާރާއިން އަބަދު ވެސް އިލްތިމާސްކުރެ އެވެ.ހުޅަނގު މޫސުން ފެށުނު ފަހުން ރާއްޖޭގެ އެކި ހިސާބުތަކަށް ދަނީ ކޮންމެވެސް ވަރަކަށް ވިއްސާރަކުރަމުންނެވެ. އެކަމަކު އާއްމު ގޮތެއްގައި މޫސުން ރަނގަޅެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ