ހުލާސާކޮށް އިއްޔެ: ކަންބޮޑުވުމެއް ނެތް ގައުމީ ބޮޑު މައްސަލައެއް ހުލާސާކޮށް އިއްޔެ: ކަންބޮޑުވުމެއް ނެތް ގައުމީ ބޮޑު މައްސަލައެއް

ރާއްޖޭގެ ފާޓިލިޓީ ރޭޓު 32 އަހަރުގެ ތެރޭގައި ވަނީ ވަރަށް ބޮޑަށް ވެއްޓިފަ އެވެ. މީގެ 35 އަހަރު ކުރިން 1990 ވަނަ އަހަރު، އެވްރެޖުކޮށް ރާއްޖޭގެ ކޮންމެ އަންހެނަކު ހަ ކުދިން ހޯދަ އެވެ. އެކަމަކު، 2022 ވަނަ އަހަރުގެ ހިސާބުތަކަށް ބަލާއިރު އެ އަދަދު ވަނީ 1.7 އަށް ވެއްޓިފަ އެވެ.
ދަރިމައިވުމަށް ދިވެހިންނަށް ކުރިމަތިވާ އެންމެ ބޮޑު ސިއްހީ ހުރަސްތަކަކީ ޕީސީއޯއެސް އަދި އެކަށީގެންނުވާ މިންވަރަކަށް ފަލަވުން ކަމަށް ދިރާސާއަކުން ދައްކައިފި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
"ސޯޝިއޯ އިކޮނޮމިކް ޑްރައިވާސް އޮފް ލޯ ފާޓިލިޓީ އިން ދަ މޯލްޑިވްސް" ގެ ނަމުގައި ހެދި ދިރާސާއެއްގައި ވާހަކަ ދެއްކި ގިނަ ޑޮކްޓަރުން ބުނެފައި ވަނީ ޕީސީއޯއެސް، ފަލަވުން، ވިޓަމިން ޑީ މަދުވުމަކީ ދަރިމައިވުމަށް އޮތް އެންމެ ބޮޑު ހުރަސް ކަމަށެވެ.
ޕީސީއޯއެސް އަކީ ހޯމޯންގެ މައްސަލަ ދިމާވުމުން ކުރިމަތިވާ މައްސަލަތަކަކަށް ކިޔާ ނަމެކެވެ. ޕީސީއޯއެސްގެ އަސަރު ކުރާ އަންހެނުންގެ އޮވިއުލޭޓްނުވުމާއި އޯވަރީގައި ސިސްޓު ހުރުމާއި ފިރިހެން ހޯމޯނެއް ކަމަށްވާ އެންޑްރޯޖެން ގިނަވުމުގެ މައްސަލަތައް ކުރިމަތިވެ އެވެ.
ދަރިން ލިބުން މަދުވާ ސަބަބުތައް ދެނެގަތުމަށް ހެދި އެ ދިރާސާގައި ވާހަކަ ދެއްކި ޑޮކްޓަރުން ބުނި ގޮތުގައި ލަހުން ދަރިން ލިބުމަށް މަގުފަހިވާ އެންމެ ބޮޑު އެއް ސަބަބަކީ ސިޒޭރިއަން ގިނަވުމާއި އިންފާޓިލިޓީ އެވެ. އަދި ނުރައްކާތެރި އެބޯޝަންތަކުގެ ސަބަބުން ވެސް ދަރިމައިވުމަށް ވަރަށް ބޮޑަށް އަސަރު ކުރާ ކަމަށް، ޔޫއެންއެފްޕީއޭ އަދި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ ގުޅިގެން ހެދި އެ ދިރާސާގައި ވާހަކަ ދެއްކި ޑޮކްޓަރުން ބުނެފައިވެ އެވެ.
ކުރިން ހަދާފައި ހުރި އެހެން ދިރާސާތަކުން ދައްކާ ގޮތުގައި ރާއްޖޭގައި ސިޒޭރިއަން ހަދާ މިންވަރު އާދަޔާ ހިލާފަށް ގިނަ އެވެ. ގައުމެއްގެ ނިސްބަތުން ސިޒޭރިއަން ހަދާ މިންވަރު ހުންނަންޖެހެނީ 10 ޕަސެންޓާއި 15 ޕަސެންޓާ ދޭތެރޭގަ އެވެ. އެކަމަކު ރާއްޖޭގައި ވިހާ އަންހެނުންގެ ތެރެއިން 40 ޕަސެންޓަށްވަރު ގިނަ މީހުން ސިޒޭރިއަން ހަދަ އެވެ.
ދަރިން ހޯދުމަށް މީހުން ޖެހިލުންވާ އެންމެ ބޮޑު ސަބަބެއް ކަމަށް ދިރާސާގައި ވާހަކަ ދެއްކި މީހުން ބުނެފައި ވަނީ މާލީ ގޮންޖެހުމާއި ގެދޮރުގެ ދަތިކަމެވެ. އަދި އެ ދެ ކަންތައް ހައްލުވާ ނަމަ ބޮޑު އާއިލާއަށް ބިނާ ކުރުމުގެ ޝައުގުވެރިކަން ދިރާސާގެ ބައިވެރިން ވަނީ ފާޅުކޮށްފަ އެވެ.
ދިރާސާގައި އިންޓަވިއު ކުރި އަންހެނުންގެ ތެރެއިން 56 ޕަސެންޓު މީހުން އިތުރަށް ދަރިން ހޯދާކަށް ބޭނުމެއް ނުވެ އެވެ. ގިނަ މީހުން ބުނެފައި ވަނީ އާއިލާއަކަށް އެންމެ ރަނގަޅީ ތިން ކުދިން ކަމަށެވެ. އެކަމަކު އެގޮތަށް ބޭނުންވީ ނަމަވެސް ގިނަ މީހުން އެވަރަށް ދަރިންނެއް ނުހޯދަ އެވެ.
މި ގައުމީ މައްސަލައަށް ހައްލެއް ހޯދަން ސަރުކާރުތަކެއް އެކަށީގެންވާ މަސައްކަތެއް ނުކުރެ އެވެ.
- ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ އަދި ގުގުރާނެ. އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވޭ.
- ވައިޖެހޭނީ ހުޅަނގު ދެކުނުންނާއި ހުޅަނގުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލަށް. އެހެން ހިސާބުތަކަށް 13 މޭލާއި 23 މޭލަށް. ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް
- ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ. އެހެން ހިސާބުތަކުގެ ކަނޑުތައް ގަދަވޭނެ
- ރާޅުގެ އުސްމިން ހުންނާނީ 4 ފޫޓާއި 7 ފޫޓާ ދެމެދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ