ބަންކަރިން ހިދުމަތުން ރަނގަޅު އާމްދަނީއެއް ލިބޭ: ސައީދު

މި ސަރުކާރުން ފެށި ބަންކަރިންގެ ޚިދުމަތުން ފައިދާވާ ކަމަށާއި މިހާރު ވެސް ރަނގަޅު އާމްދަނީ އެއް ލިބިފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.އެ މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވިދާޅުވީ އެ ހިދުމަތް އެސްޓީއޯއިން ދެމުން އަންނަ ކަމަށެވެ.ސައީދު ވިދާޅުވީ ބަންކަރިން ޚިދުމަތުން ލިބޭ އާމްދަނީގެ ހިސާބުތައް އެ ޚިދުމަތް ދޭ އެސްޓީއޯއިން ލިބެން ހުންނާނެ ކަމަށެވެ. އަދި މަސައްކަތް ފެށި ނަމަވެސް ކޮންމެ ދުވަހަކު ޖަހާ ކޮންމެ ދުވަހެއްގެ ހިސާބު މީޑިއާއަށް ހިއްސާކުރުން އެއީ ނުވެދާނެ ކަމެއްކަމަށް ވެސް ސައީދު ވިދާޅުވި އެވެ.ސައީދު ވިދާޅުވީ ބައިނަލްއަގްވާމީ ގޮތުން ބަންކަރިންގެ ޚިދުމަތް ދިނުމަށް ވަސީލަތްތައް ގާއިމްކުރުމުގެ ވާހަކައަކީ ''ދުލުން ބުނެލަން ފަސޭހަ ނަމަވެސް ބޮޑު މަސައްކަތެއް'' ކަމަށެވެ."އެސްޓީއޯގެ ބުކްސްއަށް އަންނާނެ [އޭގެ އާމްދަނީ]. އެސްޓީއޯ އަކީ އާންމުން ހިއްސާވާ ކުންފުންޏެއް. އެ ބޭފުޅުންގެ ބުކްސްގައި ހުންނާނެ ބަންކަރިން އިން ކިހާ އާމްދަނީއެއްތޯ ލިބުނީ،" އޭނާ ވިދާޅުވި އެވެ.އެ ވަސީލަތްތައް ގާއިމްކުރުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަކަމަށާއި، ރާއްޖެއިން އެ ކަމަށް ފައިސާ ނުލިބޭނަމަ، ބޭރުން ވެސް އެ ކަމަށް ފައިސާ ހޯދައިގެން ކަންކަން ކުރިއަށްގެންދާނެކަމަށް ސައީދު ވިދާޅުވިއެވެ.ބަންކަރިންގެ ޚިދުމަތް ފެށީ މިދިޔަ އަހަރުގެ 19 ސެޕްޓެމްބަރުގައެވެ. އެ ހިދުމަތް އެސްޓީއޯއިން ދެނީ ނެދަލޭންޑްސްގެ ކުންފުންޏެއް ކަމަށްވާ 'ވިޓޯލް'އާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ