ސްރީ ލަންކާގެ ކެންޑީ އަށް ނިސްބަތްވާ އަކުރާނާ ފްރެންޑްސް ކްރިކެޓް ކްލަބާ ދެކޮޅަށް ރާއްޖޭން ކުޅޭ މެޗު ސީރީސްގައި ފުރަތަމަ ކުޅުނު ދެ ޓީ20 މެޗުން ރާއްޖެ މޮޅުވެއްޖެ އެވެ.
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)ގެ ހާއްސަ ދައުވަތަކަށް ދައުވަތަކަށް އަތުވެފައިވާ އަކުރާނާ ޓީމާ ދެކޮޅަށް ކުޅިވަރު އެކުވެނި ކްރިކެޓް ދަނޑުގައި ކުޅެން ހަމަޖެހިފައިވަނީ، ޓީ20 ދެ މެޗާއި 50 އޯވަރުގެ ދެ މެޗެވެ.
އެ ގޮތުން، ފުރަތަމަ ޓީ20 މެޗުން ރާއްޖެ 11 ލަނޑުން މޮޅުވިއިރު، އިއްޔެ ކުޅުނު ކުޅެވުނު ދެ ވަނަ ޓީ20 މެޗުން ރާއްޖެ މޮޅުވީ، 39 ލަނޑުންނެވެ.
އިއްޔެގެ މެޗުގައި، ޓޮސް ދިމާވުމުން، އަކުރާނާ ފްރެންޑްސް ކްރިކެޓް ކްލަބުން ނިންމީ ހޮވާށެވެ.
ރާއްޖޭން ފުރަތަމަ ކުޅެންއަރައި، 20 ވަނަ އޯވަރުގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 135 ލަނޑެވެ. ރާއްޖެ ޓީމުގެ، ހަސަން ހާޒިގު ރަސީދު 54 ލަނޑު ހެދިިއިރު، އިސްމާއިލް އަލީ ވަނީ 37 ލަނޑު ހަދައިފަ އެވެ.
ޖަވާބުގައި ކުޅެން ނުކުމެ، އަކުރާނާ އިން 19 ވަނަ އޯވަރުގައި ހުރިހާ ކުޅުންތެރިން ނުބައިވިއިރު، ހެދުނީ، 96 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، 25 ލަނޑު ހެދި، މުހަންމަދު އަޒީރު އެެވެ.
މި އިނިންސްގައި، ރާއްޖޭގެ، މުހަންމަދު މިއުވާން ސިފާއު ހަތަރު އޯވަރުގައި، 12 ލަނޑަށް ތިން ވިކެޓް ނެގި އެވެ. އަދި، އިބްރާހިމް ނަސާތު ދެ އޯވަރު 11 ލަނޑަށް ދެ ވިކެޓް ނެގިއިރު، މުހައްމަދު ރަޔާން ތިން އޯވަރު 23 ލަނޑަށް ދެ ވިކެޓް ނެގި އެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ރާއްޖޭގެ މިއުވާން އެވެ.
މުބާރާތުގައި މިއަދު ކުޅޭނީ 50 އޯވަރުގެ ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗެވެ.
ޓީ20 ދެ މެޗުން ވެސް ރާއްޖޭން ލަންކާގެ ޓީމު ބަލިކޮށްފި ޓީ20 ދެ މެޗުން ވެސް ރާއްޖޭން ލަންކާގެ ޓީމު ބަލިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ