ދިރާގުން ސްމާޓް ހޯމް ކިޓެއް ކޮންމެ ދެ ދުވަހަކުން އެއްދުވަހު ދެނީ ދިރާގުން ސްމާޓް ހޯމް ކިޓެއް ކޮންމެ ދެ ދުވަހަކުން އެއްދުވަހު ދެނީ

ދިރާގުން ކުރިއަށްގެންދާ ޕްރޮމޯޝަނެއްގައި ކޮންމެ ދެ ދުވަހަކުން އެއް ދުވަހު ސްމާޓް ހޯމް ކިޓެއް ދޭން ނިންމައިފި އެވެ.
އޭޕްރީލް 30، ގެ ނިޔަލަށް ކުރިއަށްދާ އެ ޕްރޮމޮޝަންގައި 200ރ. ނުވަތަ އެއަށްވުރެ މަތިން ބިލު ދައްކައިގެން ނުވަތަ ރީޗާޖުކޮށްގެން އަގުހުރި އިނާމު ހާސިލު ކުރުމުގެ ފުރުސަތު ދިރާގުގެ ކަސްޓަމަރުންނަށް ލިބޭނެ އެވެ.
"މިއީ، ގޭތެރޭގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ވަރަށް މުހިންމު އަދި ބޭނުންތެރި ވަސީލަތްތައް ހިމަނައިގެން ދިރާގުގެ ކަސްޓަމަރުންނަށް ހުޅުވައިލައިފާ ޕްރޮމޯޝަނެއް،" ދިރާގުން ބުންޏެވެ.
• އައުޓްޑޯ ކެމެރާ
• އިންޑޯ ކެމެރާ
• ޑޯބެލް ކެމެރާ
• ދިރާގު އޮރެންޖެ ބޮކްސް
ދިރާގުން ދަނީ ކަސްޓަމަރުންނަށް އަމާޒުކޮށް ތަފާތު ޕްރޮމޯޝަންތައް ހިންގައި، އެންމެ ފަހުގެ ވަސީލަތްތައް ހެޔޮ އަގުގައި ފޯރުކޮށްދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ