ޕޭޕާލް ރާއްޖެއަށް ތައާރަފް ނުކުރެވެނީ ޕޭޕާލްގެ ސަބަަބުން: އެމްއެމްއޭ
ފަސޭހައިން އޮންލައިން ފައިސާގެ މުއާމަލާތްތައް ކުރުމަށް ފަހިކޮށްދޭ ޕޭޕަލް ރާއްޖެއަށް ތައާރަފުކުރަން މަސައްކަތްތައް ކުރި ނަމަވެސް، އެ ހިދުމަތް ރާއްޖެއަށް ފުޅާކުރެވިފައި ނުވަނީ ޕޭޕާލް ކުންފުނީގެ ނިންމުމެއްގެ ސަބަބުން ކަމަށް މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ބުނެފި އެވެ.ރާއްޖޭގައި ވިޔަފާރިކުރާ ފަރާތްތަކަށް އޮންލައިން ޕޭމެންޓް ސިސްޓަމްތައް ބޭނުން ކުރެވޭގޮތް ހަމަޖައްސައިދިނުމަށް އެދި މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު، މުހައްމަދު އިބްރާހިމް ހުށަހެޅުއްވި މައްސަލައާ ގުޅިގެން އެ ކޮމިޓީން ފޮނުވި ސިޓީއެއްގެ ޖަވާބުގައި އެމްއެމްއޭއިން ބުނީ ޕޭޕަލްގެ ހިދުމަތް ރާއްޖޭގައި ފުޅާ ކުރުމަށް ގާނޫނީ އެއްވެސް ހުރަހެއް މިހާރު ނެތް ކަމަށެވެމިދިޔަ އޭޕްރިލް މަހު ކުޑޫ ފޮނުއްވި ސިޓީގައި ވަނީ، ރާއްޖޭން ބޭރުން އަންނަ އޮންލައިން ޕޭމެންޓް ސިސްޓަމްތައް ރާއްޖޭގައި ވިޔަފާރިކުރާ ފަރާތްތަކަށް ބޭނުންކުރެވޭ ގޮތަށް ކަންކަން ބައްޓަން ކޮށްދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ކަމަށެވެ. ނަމަވެސް، ވެރިކަމަށް އެއް އަހަރާއި ހަތަރު މަސް ވީއިރު ވެސް ސަރުކާރުގެ އޮފީހަކުން ވިޔަސް އަދި ރާއްޖޭގެ ބޭންކަކުން ވެސް އެ މަސައްކަތް ކުރިއަށްގެންދާތަން ނުފެންނަ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. ނަމަވެސް އެ ހިދުމަތް ރާއްޖޭގައި ފުޅާ ކުރެވިފައި ނުވަނީ އާ ގައުމެއްގައި ޕޭޕަލްގެ ހިދުމަތް ފެށުމުގެ ކުރިން ނުވަތަ ފުޅާ ކުރުމުގެ ކުރިން އެ ކުންފުނިން ހަދާ ފީސިބިލިޓީ އެސެސްމެންޓު ރާއްޖޭގައި ކުރިއަށް ގެންދިިޔުމަށްފަހު ނިންމި ވިޔަފާރީގެ ނިންމުމެއްގެ ސަބަބުން ކަމަށް އެމްއެމްއޭއިން ބުންޏެވެ. މި އަހަރުގެ މިހާތަނަށް އައިއިއު އެ ހިދުމަތް ތައާރަފުކުރެވިފައި ނުވާއިރު، ޕޭޕާލްގެ ހިދުމަތް ރާއްޖެއަށް ނުލިބުމަކީ ގިނަ ޒުވާނުންގެ ކަންބޮޑުވުމެކެވެ. އެގޮތުން އޭގެ ސަބަބުން ރާއްޖެއިން ބޭރަށް ވިޔަފާރިތައް ފުޅާކޮށް، ބޭރުން ފައިސާ ހޯދަން ދަތިވާ ކަމުގެ ކަންބޮޑުވުން ފާޅުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ