މިއަހަރުގެ ފިޠުރު ޒަކާތް ބެހުމުގައި އައު އުސޫލެއް ގެންގުޅުމަށް ސަރުކާރުން ނިންމައިފިއެވެ. މިގޮތުން ފަގީރުންގެ ދަފްތަރުގައި ހިމެނޭ ހުރިހާ ފަރާތްތަކަށް ހަމަހަމަކޮށް ކޮންމެ ފަގީރަކަށް 4500 ރުފިޔާ ލިބިދެވޭނެއެވެ.
މިކަމާގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވި ގޮތުގައި މިއީ ޒަކާތުގެ މަޤްޞަދުގައި ހިމެނޭ އިޖްތިމާޢީ ޢަދާލަތު ޤާއިމުކުރުމުގެ ގޮތުން ގެނެވުނު ބަދަލެކެވެ. "މިއަހަރު ފިޠުރު ޒަކާތް ބަހަނީ ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް އެއް ހަމައަކުން،" މިނިސްޓަރު ވިދާޅުވިއެވެ.
މީގެ ކުރިން ޢަމަލުކުރަމުން އައި އުސޫލަކީ ވަކި ރަށަކުން ލިބޭ ޒަކާތް އެ ރަށެއްގެ ފަގީރުންނަށް ބެހުމެވެ. ނަމަވެސް މިއަހަރު ގެނެވުނު ބަދަލާއެކު މުޅި ރާއްޖެ ބެލެވެނީ އެއް ދާއިރާއެއްގެ ގޮތުގައެވެ. މިއީ ރާއްޖޭގެ ފިޠުރު ޒަކާތުގެ ތާރީޚުގައި މިފަދަ ބަދަލެއް ގެނެވުނު ފުރަތަމަ ފަހަރެވެ.
އިސްލާމިކް މިނިސްޓްރީން ހާމަކުރި ގޮތުގައި މިހާތަނަށް ފިޠުރު ޒަކާތުގެ ގޮތުގައި 12.4 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މި އައު އުސޫލުގެ ދަށުން ދަފްތަރުގައި ހިމެނޭ ކޮންމެ ފަރުދަކަށް އެއް އަދަދެއް ކަމުގައިވާ 4500 ރުފިޔާ ލިބިދެވޭނެއެވެ.
ރާއްޖޭގެ ފަގީރުންގެ ދަފްތަރުގައި ހިމެނޭ އެންމެން ހަމަހަމަކޮށް ކޮންމެ ފަގީރަކަށް 4500 ރުފިޔާ ދޭން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ