އިނގިރޭސިވިލާތުގެ ނޫހެއްކަމުގައިވާ 'ދަ ޓެލެގްރާފް'އިން ބުނާގޮތުގައި އިންޑިއާކަނޑުގައި އީރާނާ ގާތްގަނޑަކަށް 1,930 ކިލޯމީޓަރު ދުރުގައިވާ އެމެރިކާގެ ނޭވަލް ސަޕޯޓް ފެސިލިޓީ ޑިއޭގޯ ގާސިއާ ގައި ހުންނަ އެމެރިކާގެ ސިފައިންގެ ބޭސްއަށް އީރާނުން ހަމަލާއެއް އަންނަން އޮތް މަސްތަކުގައި ދިނުން އެކަށީގެންވެ އެވެ.
އީރާނުން ނިންމާފައިވަނީ މި އަސްކަރީ މަރުކަޒުން ފެށޭ ކޮންމެ ހަމަލާއަކަށް ބަދަލުހިފުމުގެ ހަމަލާއެއް ދިނުމަށެވެ. މިގޮތުން އީރާނުގެ ނިއުކްލިއަ އަދި ސިފައިންގެ ވަސީލަތްތަކަށް އެމެރިކާއިން ހަމަލާދިނުން ހުއްޓުވުމަކީ އީރާނުގެ މަގްސދެވެ.
އީރާނުގެ މިފަދަ ހަމަލާތަކެއްގެ މައުލޫމާތު ހާމަ މިވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް ދިން މުހުލަތަކާ ގުޅިގެންނެވެ. އެމެރިކާގެ ރައީސް ވިދާޅުވެފައިވަނީ އީރާނަށް "ދެ މަސްދުވަހުގެ" މުއްދަތެއް އޮތްކަމަށާއި، މި މުއްދަތުގެ ތެރޭގައި އެމެރިކާއާއެކު އާ ނިއުކްލިއަ އެއްބަސްވުމެއްގައި ސޮއިކުރަންޖެހޭނެކަމަށެވެ.
އެމެރިކާއިން އީރާނުގެ ނިއުކްލިއަ ވަސީލަތްތަކަށް ބޮންއަޅައިފިނަމަ އީރާނުން ހަމަލާދޭނެ އެމެރިކާގެ އެއާބޭސްއަކީ ޑިއެގޯ ގާސިއާ ެވެ. ގިނަބަޔަކު މި ޖަޒީރާއަކީ މެދުއިރުމަތީގެ ސަރަހައްދާ ގުޅުންހުރި ތަނެއްކަމަށް ނުދެކޭނެ އެވެ. ނަމަވެސް އެމެރިކާއިން މި ސަރަހައްދުގައި އަސްކަރީ ބާރު ދެއްކުމަށް މި ޖަޒީރާ އެތައް ފަހަރަކު ބޭނުންކޮށްފައިވެ އެވެ.
މި ހަފުތާގެ ތެރޭގައި، އެމެރިކާއިން ޑިއޭގޯ ގާޝިއާއަށް B-2 ބޮންއަޅާ ބޯޓްތައް ގެންގޮސްފައިވެ އެވެ. މިއީ ވަރަށް ޚާއްސަކޮށް ފަރުމާކުރެވިފައިވާ މަތިންދާބޯޓުތަކެކެވެ. ރާޑަރުފަދަ ޑިފެންސް ސިސްޓަމްތަކަށް ނުފެންނަގޮތަށް ފަރުމާކޮށްފައިވާ މި މަތިންދާބޯޓުތައް ބޭނުންކުރާނީ ވަކި ކަނޑައެޅޭ އަމާޒުތަކަކަށް ހަމަލާދިނުމަށެވެ. ޑިއޭގޯ ގާސިއާއަކީ ރާއްޖެއާ ގާތްގަނޑަކަށް 700 ކިލޯމީޓަރު ދެކުނުގައި އޮންނަ ޖަޒީރާއެކެވެ.
އެމެރިކާގެ ސިފައިންގެ ފަރާތުން މި ހަފުތާގެ ކުރީކޮޅު ކަށަވަރުކޮށްދިނީ ބީ-2 ބޯޓް އެރަށަށް ފޮނުވާފައިވާކަމެވެ. ހަފުތާގެ ކުރީކޮޅު ޕްލެނެޓް ލެބްސްއިން ދޫކޮށްފައިވާ ސެޓެލައިޓް މައުލޫމާތުތަކުން ދައްކާގޮތުގައި އެމެރިކާގެ ބޭސްގައި ތިން ބީ-2 ބޯޓް އެބައޮތެވެ. ހުކުރު ދުވަހު، އެހެނިހެން ސެޓެލައިޓް މައުލޫމާތުތަކުން ދައްކާގޮތުގައި މަދުވެގެން ފަސް ބީ-2 ބޯޓް ޑިއެގޯ ގާސިއާގައި އެބަ އޮތެވެ.
ޑިއޭގޯ ގާސިއާއަކީ ޗާގޯސް ޖަޒީރާތަކުގެ ބައެކެވެ. ޗާގޯސްގެ އެންމެ ބޮޑު ޖަޒީރާ ޑިއޭގޯ ގާސިއާގައި ސިފައިންގެ ބޭސްއެއް ގާއިމުކުރުމަށްޓަކައި، އިނގިރޭސިވިލާތުން ގާތްގަނޑަކަށް 1,500 ރަށްވެހިން މަޖުބޫރުން އެ ރަށުން ބޭރުކޮށް، އެއްވެސް ބަދަލެއް ދިނުމަކާނުލައި މޮރިޝަސް އަދި ސީޝެލްސްގައި ބަދަލުކުރިއެވެ.
އެމެރިކާއިން އީރާނުގެ ނިއުކްލިއަ ވަސީލަތްތަކަށް ހަމަލާދީފިނަމަ، ޑިއޭގޯ ގާސިއާގައިވާ އެމެރިކާގެ ސިފައިންގެ މަރުކަޒަށް އީރާނުން ހަމަލާދިނުމަށް ރާވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ