ފިތުރު އީދު ނަމާދުގެ ޖަމާއަތަށް ހާޒިރުނުވުމާ ގުޅިގެން ހުޅުމާލޭގައި ހުންނަ އަޒީޒާ މިސްކިތުގައި އިމާމުވެ ނަމާދު ކުރަން ހަމަޖެއްސި މީހާ އާއި އޭނާގެ ބަދަލުގައި ހަމަޖެއްސި މީހާ އިއްޔެ އިސްލާމިކް މިނިސްޓްރީން ސަސްޕެންޑު ކުރި އެވެ.
އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އެ މިނިސްޓްރީން ފިޔަވަޅު އެޅީ ހުޅުމާލޭގައި ހުންނަ އަޒީޒާ މިސްކިތުގައި އީދު ނަމާކުރުމަށް އިމާމުކަން ހަވާލުކޮށްފައިވާ ދެ މީހުންނަށް ކަމަށެވެ.
"އިމާމުކަން ހަވާލުކޮށްފައިވާ ފަރާތާއި އޭނާގެ ބަދަލުގައި ޖައްސާފައިވާ ފަރާތާ މި ދެ މީހުން ވެސް މިއަދު މިސްކިތަށް ހާޒިރުނުވާތީވެ، އުސޫލުގެ ތެރެއިން މައްސަލަ ބަލައިފަސް އަހަރު ދުވަހަށް ރާއްޖޭގެ ހުރިހައި ރަށެއްގައި ހުތުބާ ކިއުމުން ސަސްޕެންޑްކުރަން އަންގާފައިވާނެ،" ޝަހީމް ވިދާޅުވި އެވެ.
އަޒީޒާ މިސްކިތުގައި ފިތުރު އީދު އިމާމުވެ ކުރުމަށް ކަނޑައަޅާފައި އޮތީ އިއްޒައްދީން އަދުނާނު އެވެ. އޭނާގެ ބަދަލުގައި ހަމަޖައްސާފައި އޮތީ، އެ މިސްކިތުގެ އިމާމު އަޤްސާމް މުހައްމަދު އެވެ.
އިމާމުން ހާޒިރުނުވުމުން އަޒީޒާ މިސްކިތުގައި މިއަދު އިމާމުވެ އީދު ނަމާދު ކުރީ ބޭރު މީހެއް ކަމަށް ސޯޝަލް މީޑިއާގައި ބަޔަކު ޕޯސްޓުކޮށްފައިވެ އެވެ. އޭނާ ހުތުބާ ކީ އަރަބި ބަހުން ކަމަށްވެސް ބައެއް ޕޯސްޓުތަކުގައި ލިޔެފައިވެ އެވެ.
މިއީ މި ފަހުގެ ތާރީހެއްގައި އީދު ނަމާދު ފަދަ ނަމާދަކަށް އިމާމުން ހާޒިރުނުވެގެން އެކަން ފެންމަތިވި ފުރަތަމަ ފަހަރެވެ.
ހުލާސާކޮށް އިއްޔެ: މިސްކިތެއްގެ އިމާމުން ފަސް އަހަރަށް ސަސްޕެންޑު ހުލާސާކޮށް އިއްޔެ: މިސްކިތެއްގެ އިމާމުން ފަސް އަހަރަށް ސަސްޕެންޑު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ